މުލީ ރީޖަނަލް ހޮސްޕިޓަލްގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުން — ފޮޓޯ/ ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުއިއްޒު، މުލީ އެއާޕޯޓު ހުޅުވުމަށް އެ ރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފި އެވެ.
އެ މަނިކުފާނު މި މަޝްރޫއު ފައްޓަވައި ދެއްވީ މިއަދު މުލީގައި އެ ކަމަށް ހާއްސަކޮށް، ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގަ އެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަޝްރޫއު ކުރިއަށް ގެންދިއުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
މި މަޝްރޫއުގެ ތެރެއިން އެޅުމަށް ހަމަޖެހިފައި ވަނީ 4 ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި އިމާރާތް ބިނާ ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓުގައި ވަނީ 780 ދުވަހުގެ ތެރޭގަ އެވެ.
މުޅި މަޝްރޫއު ނިމޭނެ ކަމަށް ލަފާ ކުރެވެނީ 2027 ވަނަ އަހަރުގެ މެދެއްހާ ހިސާބުގަ އެވެ.
ރައީސް އޮފީހުން ބުނީ މި މަޝްރޫއު ނިމުމުން މުލީގެ އިތުރުން އެ އަތޮޅުގެ ގިނަ ރަށްރަށަށް ސިއްހީ ހިދުމަތް ހޯދުމުގައި ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް