ގާނޫނަށް ގެނައި އިސްލާހާއެކު ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީ ވާނެ: ރައީސް

ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަފުޅުދައްވަނީ – ފޮޓޯ/ ރައިސް އޮފީސް

ކުޅިވަރު ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، ކުޅިވަރު ދާއިރާއަށް އަންނާނެ އެންމެ ހެޔޮ ބަދަލަކީ، ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީވުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ކުޅިވަރު ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރެއްވުމަށް، ރައީސް އޮފީހުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ގެނެވުނު ފުރަތަމަ އިސްލާހާ އެކު ކުޅިވަރު ކުރިއެރުވުން ލާމަރުކަޒުވެ، ކުޅުންތެރީންނަށް ފުރުސަތު ފަހިވެ، ކޮންމެ ދާއިރާއަކުން ވެސް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ކުޅިވަރު ކުރިއަރުވައި ތަރައްގީ ކުރުމުގައި މިއަދު އަޅުގަނޑުމެން ކުރިއަށް މި އަޅަނީ ވަރަށް ތާރީހީ އަދި ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ގާއިމު ކުރެވޭ ގައުމީ ކުޅިވަރު ފަންޑުގެ އެހީގައި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ ހަރަދު ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ވެގެން ދާނެ ކަމަށެވެ. އަދި އަލަށް ގެނެވުނު ބަދަލުތަކާއި އެކު އުވޭ ކުޅިވަރު ކުންފުނީގެ މުވައްޒަފުންނަށް އެހެން ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ދެފުށް ފެންނަ މިންވަރު އިތުރު ކުރެވި، ހިންގުން ހަރުދަނާ ކުރެވި، ގުޑްގަވާނަސްގެ އުސޫލުން ކަންކަން ކުރެވޭނެ ފިޔަވަޅު ތަކެއް ފަހިވެ، ކަށަވަރު ކުރެވިގެން ދާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފަ އެވެ.

ކުޅިވަރު ކުރިއެރުވުމަށާއި، ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އުފެދޭ މޮޅު ކުޅުންތެރީންނަށާއި އެތުލީޓުންނަށް، ގައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ދިއުމާއި، ހުނަރު ތަރައްގީ ކުރުމުގެ ފުރުސަތު މި ބަދަލާއެކު އަދަށް ވުރެ ފަހިވެގެން ދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

މިއަދު މި ތަސްދީގު ކުރެއްވި ބިލުގެ ސަބަބުން، ކުޅިވަރުގެ ދާއިރާއަށް އަންނާނެ އެންމެ ހެޔޮ ބަދަލަކީ، ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީވުން ކަމުގައި ވެސް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

އަދި މިއަދުން ފެށިގެން ރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ގާނޫނީ ބާރުވެރިކަން ފުރިހަމަ އަށް ލިބިފައިވާ ކުޅިވަރުގެ އިދާރާ އަކަށް ވެގެން ދިއުމާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތް ތަކަށް ވެސް ކުޅިވަރުގެ މައިދާނުން ހަމަހަމަ ފުރުސަތުތަކެއް ލިބޭނެކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.

ހަމަ މިއާއެކު، ކުޅިވަރުގެ މައިދާނުގައި ޖިންސުގެ ތަފާތު ކުރުންތައް ގެންގުޅެގެން ނުވާނެކަން، ގާނޫނެއްގައި ލިޔެވިގެން ތަސްދީގު ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

43 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy