މި މަހު ގުޅިފަޅު ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފަށާނަން: މިނިސްޓަރު

ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ދީފައިވާ ގޯތިތަކުގެ ރެޖިސްޓްރީ މި މަސްތެރޭ ހަވާލު ކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ލޭންޑު ޔޫސް ޕްލޭނަށް އަނެއްކާ ވެސް ބަދަލު ގެނެސް ގުޅިފަޅުގެ ހިއްކާފައިވާ ސަރަހައްދުން ހުރިހާ ގޯއްޗެއް ދިނުމަށް ނިންމައި އެކަން ސަރުކާރުން މިއަދު ވަނީ ގެޒެޓު ކޮށްފަ އެވެ.

މިނިސްޓަރު މުއްތަލިބު މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ގުޅީފަޅު ލޭންޑުޔޫސް ޕްލޭނަށް ބަދަލުގެނެސްފައި ވަނީ ގޯތި ހަވާލު ކުރުން އަވަސް ކުރުމަށް ކަމަށާއި އެ ގޮތުން އެ ލޭންޑްޔޫސް ޕްލޭނަށް ގެނައި ބަދަލު ގުޅިފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލު ކުރާ ޖަމުއިއްޔާއާ ހިއްސާކުރެވި ބިންތައް ދޭނެ ގޮތަކާ މެދު މަޝްވަރާ ވެސް ކުރެވިފައިވާ ކަމަށެވެ.

"މާތްﷲ ގެ އިރާދަފުޅާއެކު މި މަސްތެރޭ ގުރުއަތުލުން ބާއްވައި ބިން ތަކުގެ ރަޖިސްޓްރީ ހަދައިދޭން ފެށޭނެ، އަދި ސާވޭ ނިމުނުހާ އަވަހަކަށް ހަވާލު ކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ހަވާލު ކުރެވޭނެ، މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތް ތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ހަވާލު ކުރުން އަވަސް ކުރުމަށް ގެނެވުނު ބަދަލެއް،" މުއްތަލިބު ވިދާޅުވި އެވެ.

ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިއުލާން ކުރީ 24 އޮގަސްޓް 2023 ގަ އެވެ. އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނާން ޖެހޭ މުހިއްމު ބައިތައް ނެތުމާއެކު އެ ޕްލޭން ބަދަލުކޮށް، 27 އޮކްޓޯބަރު 2024 ގައި އާ ޕްލޭނެއް ވަނީ އިއުލާނު ކޮށްފަ އެވެ.

އެ ޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަޑައަޅާފައިވާ ސަރަހައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުން ވެސް ވަނީ ބާއްވާފަ އެވެ.

ނަމަވެސް 24 އޮގަސްޓުގެ ޕްލޭނުގެ ދަށުން ގޯތި ލިބުނު ބައެއް ފަރާތް ތަކަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގުނު އިރު، އަދި ނުހިއްކާ ނަމަވެސް ހިއްކުމަށް ޕްލޭނު ކުރެވިފައިވާ ސަރަހައްދުން ގޯތި ލިބޭ ގޮތް ވެގެން ގޮސްފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ 24 އޮގަސްޓު 2023 ގެ ޕްލޭންގެ ދަށުން ގޯތި ލިބުނު ފަރާތް ތަކަށް ރެޖިސްޓްރީ ދޫކުރެވިފައި ވުމާއެކު، 27 އޮކްޓޯބަރު 2024 ގެ ޕްލޭނުގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައި ވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތް ތަކަށް އަދި ނުހިއްކާ ސަރަހައްދުން ގޯތި ލިބޭ ގޮތަށް ގުރުއަތު ނެގިފައި ވާތީ ކަމަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

25 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy