ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު-- ފޮޓޯ: ސުޕްރީމް ކޯޓް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި މި ދެ ފަނޑިޔާރުން ވަކި ކުރަން 68 މެންބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އެ މެންބަރުންގެ ތެރޭގައި ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެސް ހިމެނެ އެވެ.
ދެ ފަނޑިޔާރުން ވަކި ކުރަން ޖޭއެސްސީން ނިންމި މައްސަލައިގެ ރިޕޯޓު، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އިން ދިރާސާ ކުރުމަށްފަހު، ފާސް ކުރީ އެ ރިޕޯޓު ރަގަޅު ކަމަށެވެ. އެ ކޮމިޓީން ބޭއްވި ސިއްރު ބައްދަލު ވުމުގައި ފަނޑިޔާރުން ވަކި ކުރުމަށް ނިންމައިފައިވާއިރު، ސުލޫކީ މައްސަލައެއް ބަލާފައި ވަނީ އިޖުރާއަތު ފުރިހަމަ ނުކޮށް، ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލަން ޖޭއެސްސީން ނިންމީ ގޯސްކޮށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އެ ކޮމިޓީއަށް ވަނީ ލަފާ ދެއްވާފަ އެވެ.
ނަމަވެސް ޖުޑީޝަރީ ކޮމިޓީން ނިންމާފައި ވަނީ ޖޭއެސްސީ އިން ދެ ފަނޑިޔާރުންގެ މައްސަލަ ބަލާފައި ވަނީ އިޖުރާއަތުތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.
ފަނޑިޔާރުކަމުން އަޒްމިރާލްދާ އާއި މަހާޒު ވަކިކުރަން ޖޭއެސްސީން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް، މައްސަލަ ބެއްލެވި ގާޒީއަށް ގުޅައިގެން ނުފޫޒު ފޯރުވި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލަ ބެއްލެވީ ގާޒީ ޒިހުނީ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް