ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް އަދި އިތުރު މުވައްޒަފުން --
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާ ނުކުރާތާ 8 މަސް ދުވަސް ވެފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް، އެ ކުންފުނިން ދޮގުކޮށްފި އެވެ.
ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދާ ހަމައަށް ވެސް އެ ކުންފުނިން އަންނަނީ މުވައްޒަފުންގެ ޕެންޝަން ފައިސާ ދައްކަމުން ކަމަށެވެ. އަދި ޕެންޝަން އޮފީހާއި އެ ކުންފުންޏާ ދެމެދު ވާހަކަތައް ދެކެވި، ޖެހިފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ވެމްކޯގެ މާލީ ހާލަތަށް ބަލާއިރު، އެ ކުންފުނީގެ ހަރަދު ތަކާއި މުވައްޒަފުންގެ މުސާރަ ހަމަޖައްސަމުން އަންނަނީ ކޯޕަރޭޝަނަށް ލިބޭ އާމްދަނީ އަކުން ކަމުގައިވެފައި، ކޯޕަރޭޝަންގެ އާމްދަނީގެ ގޮތުގައި ލިބެންޖެހޭ ފައިސާ ގިނަ ތަންތަނުން ނުލިބޭ ކަމާއި އެ ގޮތުން މާލޭ ސިޓީ ކައުންސިލުން މިހާރު ވެސް ދައްކަން ޖެހި، ނުދައްކާ 66 މިލިއަނެއްހާ ރުފިޔާ ވާ ކަމަށް ވެމްކޯގެ ބަޔާނުގައިވެ އެވެ.
އަދި މި ވަގުތު މުވައްޒަފުންގެ މުސާރަ އާއި ޕެންޝަން ފައިސާގެ ކަންކަމާ ގުޅިގެން ޕެންޝަން އޮފީހާ ވާހަކަ ދައްކައިގެން ފަސޭހަ އިންތިޒާމަކުން ފައިސާ ހަލާސް ކުރެވޭނެ ގޮތަކަށް ދެ ފަރާތުން އެއްބަސްވެވިފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ.
އެގޮތުން އެއްވެސް މުވައްޒަފެއްގެ ޕެންޝަން ހައްގަށް އުނިކަމެއް ނާންނާނޭހެން، ފައިސާ ދެއްކުން ރޭވިފައިވާ ކަމުގެ ޔަގީންކަން ކުންފުނިން ދީފައިވެ އެވެ.
ވެމްކޯއިން އިލްތިމާސްކޮށްފައި ވަނީ މުވައްޒަފުންނަށް އޮޅޭނެހެން، އަދި ސަރުކާރާއި ކޯޕަރޭޝަންގެ މުވައްޒަފުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެދޭނެ ގޮތަށް މައުލޫމާތު ފަތުރަމުންދާތީ، އެކަން އެ ގޮތަށް ނުކުރުމަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް