ރައީސްގެ ދެ ކަނބަލުން، ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ބައްލަވައިލައްވައިފި

ރައީސްގެ ދެކަނބަލުން، ކުޑަކުދިންގެ ހަވީރަށް ޒިޔާރަތްކުރެއްވުން – ފޮޓޯ/ ރައީސް އޮފީސް

އެޑިއުކޭޝަން މިނިސްޓްރީން އިސް ނަގައިގެން ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތް ތަކުގެ ތެރެއިން، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ދިޔަ ކުޑަކުދިންގެ ހަވީރަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ޒިޔާރަތް ކުރައްވައިފި އެވެ.

މިއަދު ހަވީރު ކުރިއަށް ދިޔަ މި ހަރަކާތް އޮތް ސަރަހައްދަށް ރައީސްގެ ދެ ކަނބަލުން ވަޑައިގެންނެވުމުން މަރުހަބާ ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި ސުކޫލު ތަކުގެ އިސްވެރިންނެވެ.

މިއަދު ކުރިއަށްދިޔަ ހަވީރުގައި، ދަރިވަރުންގެ ފަރާތުން ރައީސަށް ވަނީ ހާއްސަ ހަދިޔާއެއް އަރުވައިފަ އެވެ.

ކުޑަކުދިންގެ ހަވީރަށް ޒިޔާރަތް ކުރައްވައި، ރައީސްގެ ދެކަނބަލުން ވަނީ އެ ތަނުގައި ހުރި ސްޓޯލްތައް ބައްލަވައިލައްވައިފަ އެވެ. އަދި މި ހަވީރުގައި ދަރިވަރުންގެ ފަރާތުން ހުށަހަޅައިދިން ސްޓޭޖް ހަރަކާތްތައް ވެސް ދެ ކަނބަލުން ބައްލަވައިލެއްވި އެވެ.

މީގެ އިތުރުން، ރައީސްގެ ދެކަނބަލުން ވަނީ ހަވީރުގައި ބައިވެރިވި ބައެއް ކުދިންނާއި، އެ ކުދިންގެ އާއިލާތަކާ، ބައްދަލު ކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ ހުރިހާ ސުކޫލަކަށް އެހީތެރިކަން ފޯރު ކޮށްދީގެން މި އަހަރުގެ ކުޑަކުދީންގެ ދުވަސް މި ފަދަ ގޮތަކަށް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ، ދުވަހުގެ ހަރަކާތް ތަކުގައި ކުދީންނާއި އެކު، އެ ކުދީންގެ އާއިލާ ތަކަށް ވެސް ބައިވެރި ވެވޭ ގޮތަށް ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށެވެ.

މި ހަވީރު އިންތިޒާމު ކޮށްފައި ވަނީ، ކުޑަކުދިންނާ ގުޅޭ ޝައުގުވެރި، ތައުލީމީ ހަރަކާތް ތަކާއި، މަޖާ ކުޅިވަރު ތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ ވެސް އެކުގަ އެވެ.

ކޮންމެ އަހަރެއްގެވެސް، މެއި މަހުގެ 10 ވަނަ ދުވަސް، ރާއްޖޭގައި ފާހަގަ ކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގަ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

29 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy