މިނިސްޓަރު އައިޝަތު ޝިހާމް -- މިހާރު ފޮޓޯ
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން މިހާތަނަށް ހަތްދިހައަށްވުރެ ގިނަ ކުދިން އާއިލާތަކާ ހަވާލުކޮށްފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖުގައި އެ މަނަކާ ވިދާޅުވީ ތަފާތު އެކި ސަބަބު ތަކާހުރެ، ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަންޖެހޭ ހާލަތްތައް މެދުވެރިވާ ކަމަށެވެ. އަދި މަރުކަޒުގައި ކުދިން ބެލެހެއްޓުމަކީ ކުދިންގެ ހެދިބޮޑުވުމާއި، ކުދިންގެ ނަފުސާނީ އަދި އިޖުތިމާއީ ދުޅަހެޔޮ ކަމަށް އެންމެ ފައިދާ ހުރި ގޮތް ނޫންކަން ދިރާސާ ތަކުގެ އަލީގައި ވެސް ފެންނަން އެބަ އޮތްކަން އެ ކަމަނާ ފާހަގަ ކުރެއްވި އެވެ.
ކަން އެހެން އޮތްއިރު، ކޮންމެ ކުއްޖަކީ ވެސް އާއިލީ ވެއްޓެއްގެ ހިމާޔަތާއި ރައްކާތެރިކަން ލިބިގެން، އާއިލީ ގުޅުން ތަކުގެ ތެރެއިން ބޮޑުވާ ކުދިންކަން ކަށަވަރު ވެގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ކަމަނާ ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކޮންމެ ކުއްޖަކަށް އާއިލާއެއް، ނަމުގައި ހާއްސަ ޕްރޮގްރާމެއް ފައްޓަވާފައިވާ ކަމަށެވެ.
"އެއީ އާއިލާ ތަކުގެ ހާލަތު ބަދަލު ކޮށްގެން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނާއި އެ ކުދިންގެ އުފަން އާއިލާ ގުޅުވައިދިނުމާއި ފޮސްޓަރިން ނިޒާމު ހަރުދަނާކޮށް، ވަގުތީ ގޮތުން ނަމަވެސް ކުދިން ފޮސްޓާކޮށް، އާއިލާގައި ބެހެއްޓޭނެ ނިޒާމު ގާއިމުކޮށް، ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދިނުމަށް ޓަކައި ކުރެވެން ފެށި ވަރުގަދަ މަސައްކަތް ތަކެއް، މި މަސައްކަތުގެ ތެރެއިން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ހަތްދިހައަށްވުރެ ގިނަ ކުދިންނަށް ވަނީ އާއިލީ ވެއްޓެއް ހޯދައިދެވިފައި،" އެ ކަމަނާ ވިދާޅުވި އެވެ.
މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް އާއިލާއެއް ހޯދައިދިނުމުގެ މަސައްކަތަށް ރައްޔިތުން ދެމުން އަންނަ ތަރުހީބަކީ، ކުޑަކުދިންގެ ރައްކާތެރިކަމަށް މުޖުތަމަޢުން ކުރާ މަސައްކަތްތަކާއި، ކޮންމެ ކުއްޖަކީވެސް ރައްކާތެރި، ލޯބިވެތި މާހާއުލެއްގައި ހެދިބޮޑުވާނެ ކުދިން ތަކެއްކަން ކަށަވަރު ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރެވޭ ކަމުގެ ރީތި މިސާލެކެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް