ރައީސް މުއިއްޒު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތް ކުރެއްވުން --
މި ސަރުކާރުން ތެލެސީމިއާ ކުދިންނަށާއި، އެކުދިންގެ އާއިލާ ތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނެސްދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން ފޮނުއްވި ހިތޯބުގަ އެވެ.
ރައީސް ވިދާޅުވީ މި ގައުމުން ލިބިދޭ ހުރިހާ ފުރުސަތަކާއި ހައްގުތަކެއް، ތެލެސީމިއާ ކުދީންނަށް ފުރިހަމައަށް ލިބިދެވޭނެކަން އަމަލާއި ބަހުން އެންމެންވެސް ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ.
އާބާދީގެ ނިސްބަތުން ބަލާއިރު، ތެލެސީމިއާ ކުދީންގެ އިންސައްތަ އެންމެ މަތި އެއް ގައުމަކީ ރާއްޖެކަމުގައި ފާހަގަކުރައްވައި ތެލެސީމިއާ އާއި ގުޅޭ ހޭލުންތެރިކަން އިތުރު ކުރުމަށާއި، ފަރުވާ ދެވޭނެ ވަސީލަތްތައް ފަހިކުރުމަށް ރާއްޖޭގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަން ރައީސް ފާހަގަ ކުރައްވާފައިވެ އެވެ.
އަދި ތެލެސީމިއާ ކުދީންގެ ސިއްހަތު ސަލާމަތުން ބޭތިއްބުމަށާއި، ގަވާއިދުން ފަރުވާ ދިނުމަށް، އިސްކަން ދިނުމަކީ ކަމާބެހޭ އިދާރާ ތަކުގެ ޒިންމާއެއް ކަމުގައި އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
ސަރުކާރުން ތެލެސީމިއާ ކުދީންނަށް ހާއްސަ ސަމާލުކަމެއް ދޭނެކަން ފާހަގަ ކުރައްވައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި، ތެލެސީމިއާ ކުދީންނަށް ޓަކައި މި ސަރުކާރުން ހާމަ ކުރެއްވި ތަސައްވަރާއި ވެވަޑައިގެންނެވި ވައުދުތައް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ތެލެސީމިއާއި ގުޅޭ ކަންކަމުގައި، އެތައް އަހަރެއް ވަންދެން ބޮއްސުންލާފައިހުރި ކަންކަން، ހަމަމަގަށް އަޅުވަން މަސައްކަތްކޮށް، މި ސަރުކާރުން ތެލެސީމިއާ ކުދިންނަށާއި، އެކުދިންގެ އާއިލާ ތަކަށް ހިތްހަމަޖެހުމާއި ފާގަތިކަން ގެނަސްދޭނެކަން އެ މަނިކުފާނުގެ ހިތޯބުގައި ހާމަ ކުރައްވާފައިވެ އެވެ.
ރައީސްގެ ހިތޯބު ނިންމަވާލައްވާފައި ވަނީ ލޭ ހަދިޔާ ކުރުމަށް ބާރުއަޅުއްވާ އެކަމުން މާތް ﷲގެ ހަޒުރަތުން ލިބޭނެ އަޖުރާއި ދަރުމަ ގިނަގުނަކަން ފާހަގަ ކުރައްވަމުންނެވެ. އަދި އެ މަނިކުފާނު ވަނީ ތެލެސީމިއާގެ އުނދަގޫ ތަހައްމަލު ކުރާ ކޮންމެ ކުއްޖަކަށް އެހީތެރިވުމުގައި މުޅި ދިވެހި މުޖްތަމައު ބައިވެރިވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް