ރަށެއްގައި ދަނޑުވެރިކަން ކުރަނީ -- ފޮޓޯ/ މިހާރު
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާ އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) އާ ގުޅިގެން ދޫކުރާ ދަނޑުވެރިނަފާ ލޯނުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން ލޯނު ނަގާފައި ވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށް ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ބުނެފި އެވެ.
އެސްޑީއެފްސީގެ ޕީޕީއަރު ޔުނިޓްގެ ޑެޕިއުޓީ މެނޭޖަރު އައިމިނަތު މުހާ ވިދާޅުވީ ދަނޑުވެރިނަފާ ލޯނަށް 2019 އިން ފަށައިގެން ހުޅުވާލާފައިވާއިރު، މިހާތަނަށް ލޯނު ނަގާފައިވާ ގިނަ ފަރާތް ތަކުން ލޯނު ނަގާފައި ވަނީ ޒަމާނީ ދަނޑުވެރިކަން ކުރުމަށް ކަމަށެވެ.
"މިހާތަނަށް އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނު ޖުމުލަ 18 ފާރާތަކުން ވަނީ ނަގާފަ، އެ ގޮތުން 1.4 މިލިއަން ވަނީ ދޫކޮށްފަ، އަދި 2 މިލިޔަނާއި ހަމައަށް 23 ފަރާތަކުން ނަގާފައިވާއިރު, އެ ފަރާތަކަށް 14.5 މިލިއަން ވަނީ ދޫކޮށްފަ،" ނުހާ ވިދާޅުވި އެވެ.
އެންމެ ގިނަ މީހުން 2 މިލިއަނާ ހަމައަށް ލޯނު ނަގާފައިވާއިރު، ޒަމާނީ ދަނޑުވެރި ކަމުގެ އިތުރުން ވާޓިކަލް ފާމިން، އަދި ގުރީން ހައުސް ފާމިން އަށް ގިނަ ފަރާތް ތަކުން ލޯނު ނަގާފައިވާކަން އެ ކޯޕަރޭޝަނުން ފާހަގަ ކުރި އެވެ.
އެސްޑީއެފްސީ އިން ބުނީ ޒަމާނީ ދަނޑުވެރި ކަމަށް ދަނޑުވެރިންގެ ފޯކަސް ހުރި ނަމަވެސް ޕޮއެލްޓްރީ ފާމިން ނުވަތަ ކުކުޅު ފާމިން ފަދަ ކަންކަމަށް ސަމާލުކަން ދޭ މިންވަރު ކުޑަ ކަމަށެވެ.
ދަނޑުވެރިނަފާ ލޯނުގައި 2 ކެޓެގްރީއެއް ހިމަނާފައިވެ އެވެ. އެއީ އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނަކާއި އެއްލައްކައިން ފަށައިގެން 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނެވެ.
މީގެން ކޮންމެ ލޯނަކަށް ވެސް އަހަރަކު ނަގާނީ 6 އިންސައްތައިގެ އިންޓަރެސްޓެވެ.
އެހެން ނަމަވެސް އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނު ދެއްކުމަށް އެންމެ ދިގު މުއްދަތަކަށް ކަނޑައަޅާފައި ވަނީ 3 އަހަރެވެ. އަދި 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެނީ ގިނަވެގެން 7 އަހަރެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް