ހުޅުމާލޭ ދެވަނަ ފިޔަވަހި -- ފޮޓޯ/ ސަން
ހުޅުމާލެއިން ގެއްލުނު އަންހެންކުއްޖާ ހޯދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް އާންމުންގެ އެހީތެރި ކަމަށް އެދިއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގެ ސުކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހުށަހެޅުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 08:30 ހާއިރު އެވެ.
އެ މުވައްސަސާއިން ބުނީ ހިޔާޓަވަރު 8 އިން ސުކޫލަށް ދިޔަ ކުއްޖާ ސުކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުންނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
ގެއްލުނު ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަނީ ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ސުކޫލް ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ހުރި ނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 9310707 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދިފައިވެ އެވެ.
އަންހެން ކުއްޖާ ހޯދުމުގައި ފުލުހުން އާންމުންގެ އެހީއަށް އެދިފައިވާއިރު، އެ ކުއްޖާގެ ފޮޓޯ އާންމުކޮށްފައެއް ނުވެ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް