ހުޅުމާލޭ ދެވަނަ ފޭހަށް ބަސް ދަތުރު ކުރަނީ -- ފޮޓޯ/ ޕީއެސްއެމް
ތެލެސީމިއާ ބަލި ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އޮރެންޖު ހިޔާ ކައިރީގައި އިތުރު ބަސްހުއްޓިއެއް ގާއިމު ކޮށްފި އެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ގާއިމު ކުރި ބަސްހުއްޓިއެއް ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ ރައީސްގެ އިރުޝާދާ އެއްގޮތަށް ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށް އޮރެންޖު ހިޔާ އަށް ދިއުމުގައި ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެ ކުންފުނީގެ ހުޅުމާލޭ ފިޔަވަހި އެކެއް އަދި ދޭކަށް ދަތުރު ކުރާ އާރު5 ރޫޓުގެ ބަސް، އޮރެންޖު ހިޔާއަށް މަޑު ކުރާ ގޮތަށް ބަސް ހުއްޓިއެއް އިތުރު ކޮށްފައިވާ ކަމަށެވެ.
އަދި މިއަދު 1:30 އިން ފަށައިގެން އެ ދެ ރޫޓުން ވެސް އޮރެންޖު ހިޔާ ބަސްހުއްޓިއަށް ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އޮރެންޖު ހިޔާ އިން ތެލަސީމިއާގެ ހިދުމަތް ފޯރުކޮށްދޭން ފެށުމުން، ހިދުމަތް ހޯދާ ފަރާތްތަކުން އެ ތަނަށް ދަތުރު ކުރުމަށް ޓަކައި އެމްޓީސީސީގެ ބަސްހުއްޓިއެއް ހަމަޖެއްސުމާއެކު ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް ވިދާޅުވީ "ރައްޔިތުންނާ އެކު" ގެ ނަމުގައި ގެނެސްދިން ޕޮޑްކާސްޓްގަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް