ތެލަސީމިއާ ކޮމިއުނިޓީއާއެކު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކޮށްލެއްވުމުގެ ތެރެއިން – ފޮޓޯ/ ރައީސް އޮފީސް
ތެލަސީމިއާ ޕޭޝަންޓުންނާ ގުޅޭ ކަންކަން ފުރިހަމަ ކުރުމަށް މި ސަރުކާރުން ހާއްސަ ސަމާލު ކަމެއް ދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު، ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ތެލަސީމިއާ ކޮމިއުނިޓީއާއެކު، މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލު ކޮށްލެއްވުމުގަ އެވެ.
މި ބައްދަލު ކުރެއްވުމުގައި ވާހަކަ ދައްކަވަމުން، ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ ސަރުކާރުން އެ ކޮމިއުނިޓީގެ ކަންބޮޑުވުން ތަކުގެ އަޑު އަހާ އެކަން ކަމަށް ހައްލު ހޯދައިދިނުމަށް ކުރާ މަސައްކަތްތައް ފާހަގަ ކުރައްވާފަ އެވެ. އަދި އެ ބޭފުޅުން ވަނީ އިތުރަށް ބޭނުންވާ ކަންކަން ރައީސް އާ ހިއްސާ ކުރައްވާފަ އެވެ.
މި ގޮތުން ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ މި ސަރުކާރުން ތަރައްގީ ކުރާ ތެލަސީމިއާ ހޮސްޕިޓަލުގެ ކަންކަން އެންމެ ފުރިހަމައަށް ގެންދިއުމަށް ވީހާވެސް ބޮޑަށް، އެ ބޭފުޅުންގެ މަޝްވަރާ އާއި ހިޔާލާއި ވިޝަންއާ އެކު ކުރިއަށް ގެންގޮސް ދެއްވުމަށް އެދިލައްވާފަ އެވެ. އަދި ތެލަސީމިއާ އާއި ގުޅޭ ނިންމުމެއް ނިންމަވާ ނަމަ، އެ ކޮމިއުނިޓީގެ ބައިވެރިވުން ހިމެނިގެން ދާނެ ގޮތަށް ސިޔާސަތުތައް ބައްޓަން ކޮށްދެއްވުމަށް އެދިލެއްވި އެވެ.
ހަމައެއާއެކު، މި ބައްދަލު ކުރެއްވުމުގައި އެ ކޮމިއުނިޓީން ވަނީ މޯލްޑިވްސް ބްލަޑް ސާވިސް އިން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ހިދުމަތް ދެއްވުމަށް ވެސް އެދިފަ އެވެ. އަދި އެ ބޭފުޅުން ވަނީ އެމްބީއެސްގެ ހިދުމަތް ވިލަރެސްކޮށް، މުޅި ރާއްޖެއަށް ދެވޭނެ ގޮތަށް ފުޅާ ކުރެއްވުމަށާއި ޕޭޝަންޓުންނާ ވީހާވެސް ގާތުން މަސައްކަތް ކޮށްދެއްވުމަށް އެދިލައްވާފަ އެވެ.
މި އަދުގެ ބައްދަލު ކުރެއްވުމުގައި ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން ވަނީ ސަރުކާރަކުން ތެލެސީމިއާ ކުދިންނަށް ހާއްސަކޮށް، މެނިފެސްޓޯގައި ކަންކަން ހިމަނައިގެން ކުރިއަށްދާ ސަރުކާރަކީ މި ސަރުކާރުކަން ފާހަގަ ކުރައްވާފަ އެވެ. އަދި ތެލެސީމިއާ ކުދިންނާ ގުޅޭ ކަންކަމުގެ ސިޔާސަތުތައް ކަނޑައަޅާއިރު ބޭނުންވާ އެއްބާރުލުން ފުރިހަމައަށް ދެއްވާނެ ކަން އެބޭފުޅުން ފާހަގަ ކުރެއްވި އެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ އެ ކޮމިއުނިޓީން ފާހަގަ ކުރެއްވި ކަންކަން ވަރަށް ރަނގަޅަށް، ސަމާލުކަން ދެއްވައިގެން ބައްލަވާނެ ކަމަށެވެ.
އޭގެ އިތުރުން ތެލެސީމިއާ ޕޭޝަންޓުންގެ ބައިވެރިވުން އޮވެގެން ސަރުކާރުގެ ސިޔާސަތުތައް އިތުރަށް ފުރިހަމަ ކުރެވޭނެކަން ގަބޫލުފުޅު ކުރައްވާކަން ފާހަގަ ކުރައްވައި، އެ ކަމަށް މަގުފަހި ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މި ސަރުކާރުން ތެލަސީމިއާ ޕޭޝަންޓުން ރާއްޖޭގައި ތިބެގެން ފުރިހަމަ ފަރުވާ ލިބޭނެ މަގުފަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް މުއިއްޒު ދެއްވި އެވެ
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް