--
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަ ކުރަން ނިންމައި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހިމެނޭ ގޮތުން މި ދެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް އޭސީސީ އިން ޖޭއެސްސީއަށް އެންގީ ފެބުރުއަރީ މަހުގެ 25ގަ އެވެ.
"ދެލި"އަށް އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުންގެ މައްސަލަ ޖޭއެސްސީން މިއަދު ބެލުމަށްފަހު، އެ ކޮމިޝަންގެ މައްސަލަ ބަލައި ކޮމިޓީން ނިންމީ މަގާމުން ވަކިކު ކުރުމަށެވެ. އަދި ރިޕޯޓުގައި ބުނެފައިވާ ފިޔަވަޅުތައް އެ ފަނޑިޔާރުންގެ މައްޗަށް އެޅުމަށް ވެސް އެ ކޮމިޝަނުގެ ބައްދަލު ވުމުގައި ވަނީ ނިންމާފަ އެވެ.
މި ދެ ފަނޑިޔާރުންނަށް ކުރަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު، މިދިޔަ ޑިސެމްބަރު މަހު، ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރުމުން، އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ގުޅައި ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ.
އެހެން ނަމަވެސް އަޒްމިރަލްދާގެ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ވަނީ އޭނާގެ މައްޗަށް އެ ކުރާ ތުހުމަތަކީ ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށް ބުނެފަ އެވެ. އަދި ފަނޑިޔާރު މަހާޒުގެ މައްސަލާގައި ކުރާ ތުހުމަތަކީ ވެސް ކަނޑައެޅިގެން ދޮގު ތުހުމަތެއް ކަމަށް، އަޒްމިރަލްދާ ވިދާޅުވެފައިވެ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް