ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް -- އަވަސް ފޮޓޯ
ދުނިޔެ ކުރިމަތީ ރައީސޫލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްކެވި ކެތްތެރި ކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާ ކަމަށް ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ޝަކީލް މިހެން ވިދާޅުވީ ރައީސް މުއިއްޒު، އިއްޔެ ނޫސްވެރީންނާ ބައްދަލު ކުރައްވައި 14 ގަޑިއިރު، ހޭދަ ކުރައްވާފައިވާތީ، އެމަނިކުފާނަށް ޝުކުރު ދެންނެވުމުގެ ގޮތުން ކުރެއްވި އެކްސް ޕޯސްޓެއްގަ އެވެ.
އިއްޔެ ހެނދުނު 10:00ގައި ފެށި ޕްރެސް ބްރީފިން ނިންމަވާލެއްވީ ރޭގަނޑު 12:54 ހާއިރު އެވެ. އެ ހުރިހާއިރު ވަންދެން ރައީސް ހުންނެވީ ޕޯޑިއަމް ކައިރީގައި ކޮޅަށެވެ.
ޝަކީލްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ރައީސް މުއިއްޒުއާ އެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެ މަނިކުފާނުގެ ކެތްތެރިކަމާއި އިހުލާސްތެރިކަމުގެ ރިވެތި އަހުލާގު ފެނިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ނަމަވެސް 15 ގަޑިއިރުވަންދެން ނޫސްވެރިންނާ ބައްދަލުކޮށް، ކެތްތެރިކަމާއެކު މުޅިދުނިޔެ ކުރިމަތީގައި ރައީސް އެ ދެއްކެވި ކެތްތެރި ކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާ ކަމަށެވެ.
"15 ގަޑިއިރުވަންދެން ނޫސްވެރިންނާ ބައްދަލުކޮށް ކެތްތެރިކަމާއެކު މުޅިދުނިޔެ ކުރިމަތީގައި ތިޔަ ދެއްކެވި ކެތްތެރިކަމަކީ ސިޔާސީ ދާއިރާއިން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ނަމޫނާ، މި ސަރުކާރު ކުރިއަށް ދާނީ ރައީސްގެ ތިޔަ ކެތްތެރިކަމާއި އިހުލާސްތެރިކަމުން ނަމޫނާ ނަގައިގެން،" ޝަކީލް ވިދާޅުވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް