މެޑަމް ސާޖިދާގެ އަރިހަށް، މެކް ފައުންޑޭޝަންގެ މަންދޫބުން ޒިޔާރަތް ކުރައްވައިފި

މެޑަމް ސާޖިދާގެ އަރިހަށް، މެކް ފައުންޑޭޝަންގެ މަންދޫބުން ޒިޔާރަތް ކުރެއްވުން – ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އަރިހަށް، މެކް ފައުންޑޭޝަންގެ މަންދޫބުން ޒިޔާރަތް ކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ގެންދަވާފައިވަނީ މުލީއާގޭގަ އެވެ.

މެޑަމްގެ އަރިހަށް ޒިޔާރަތް ކުރެއްވީ މެކް ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން އަދި އީ މެކް ކޭޖީ ގެ އެގްޒެކެޓިވް ބޯޑުގެ ޗެއާމަން ޕްރޮފެސަރު ޑރ. ފްރޭންކް ސްޓަންގެންބާގް ހަވަކެމްޕް އާއި މެކް ފައުންޑޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސެނެޓާ ޑރ. ރަޝާ ކެލެޖް، އެވެ.

މި ބައްދަލުވުމުގައި ޕްރޮފެސަރު ޑރ. ސްޓަންގެންބާގް ހަވާކެމްޕް އާއި ސެނެޓަރު ޑރ. ކެލެޖް ވަނީ، މެކް ފައުންޑޭޝަން މެދުވެރިވެގެން ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ކުރިއެރުވުމަށް، މެޑަމް ސާޖިދާއާ އެކު ކުރެވިދާނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އެގޮތުން ވަކި ދާއިރާ ތަކުން ހާއްސަވުމަށް ޑޮކްޓަރުން ހޯދަންޖެހޭ ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް ދިނުމާއި، ސްކޮލަޝިޕްގެ ފުރުސަތުތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެ އެވެ.

މި މަޝްވަރާގައި މެޑަމް ސާޖިދާ ވަނީ، ރާއްޖޭގެ ސިއްހީ ދާއިރާއާ ގުޅުންހުރި މައުލޫމާތުތައް ހިއްސާ ކުރައްވައި ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވާފަ އެވެ.

މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން މެކް ފައުންޑޭޝަނުގެ މަންދޫބުން ވަނީ، ރާއްޖޭގެ ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކޮށް، ދަރިމައިވުމާ ގުޅުންހުރި ކުށްހީތައް ނައްތާލައި އަންހެނުން ބާރުވެރި ކުރުމަށް މެޑަމް ސާޖިދާ ކުރައްވާ މަސައްކަތް ތަކުގެ އަގު ވަޒަން ކުރައްވާފަ އެވެ. އަދި އެ ކަމަނާ އަކީ މެކް ފައުންޑޭޝަންގެ "މޯ ދެން އަ މަދާ" ޕްރޮގްރާމުގެ އެންބެސެޑަރެއްކަން ވެސް ފާހަގަ ކުރައްވާފައިވެ އެވެ.

މި ޕްރޮގްރާމަކީ، ދަރިމައިވުމުގެ ސިއްހަތާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައްޔާއި، އެ ކަމާ ގުޅުންހުރި ފަރުވާގެ ގާބިލުކަން އިތުރު ކުރުމުގައްޔާއި، ދަރިމައިވުމާ ގުޅުންހުރި ކުށްހީތައް ނައްތާލުމުގައްޔާއި، ދަރިމައިވުމުގެ މައްސަލަ ތަކުން ރައްކާތެރިވުމާއި ދަރިންލިބުމުގައި ފިރިހެނުންނަށް ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމަށް ޓަކައި، އެފްރިކާ އަދި އޭޝިޔާގެ ފަސްޓް ލޭޑީންނާއި އަންހެން އިސްވާރުންނާއެކު ހަރަކާތް ތަކެއް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

42 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy