އައިޖީއެމްއެޗުގެ އެންއައިސީޔޫ އިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިއްޖެ

އައިޖީއެމް ހޮސްޕިޓަލް -- ފޮޓޯ/ މިހާރު

އައިޖީއެމްއެޗުގެ ނިއުބޯން އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި ތިބި ނާޒުކު ކުދީންގެ ތެރެއިން މަލްޓި ޑުރަގު ރެސިސްޓަންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ކިޔާ ބެކްޓީރިޔާއެއް ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ވަރަށް ބަލި މީހުންނަށް ފަރުވާ ދޭ ތަންތަނުގައި ބައެއް ފަހަރު މި ފަދަ ބެކްޓީރިއާ އުފެދޭ ކަމަށެވެ. އަދި މި ފަދަ ޖަރާސީމުތައް، އާންމު އެންޓިބަޔޮޓިކު ތަކަށް ނުގުޑާތީވެ، ނުރައްކާތެރި އިންފެކްޝަނަކަށް މަގުފަހިވެދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ.

ބެކްޓީރިއާ ދެނެގަނެވުމާއެކު، އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ޓަކައި ވަރުގަދަ ފިޔަވަޅު ތަކެއް އަޅާފައިވާކަން ފާހަގަކޮށް އައިޖީއެމްއެޗުން ބުނީ މި ބެކްޓީރިއާގެ ސަބަބުން އަދި މިހާތަނަށް އެއްވެސް ކުއްޖަކު ނުވަތަ ސިއްހީ ފަރުވާދޭ މީހަކު ވެސް ބަލިވެފައި ނުވާ ކަމަށެވެ.

އައިޖީއެމްއެޗުން އިތުރަށް ބުނީ ހުރިހާ ބަލިމީހުންނާއި މުވައްޒަފުންގެ ސިއްހަތް، ރައްކާތެރި ކުރުމަށް ޓަކައި ފިޔަވަޅުތައް ތަންފީޒު ކުރަމުން އަންނަ ކަމަށާއި އިތުރު ތަފުސީލު ލަސްނުވެ، ހިއްސާ ކުރާނެ ކަމަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

25 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy