އަންހެންވެރީންގެ ސައްލާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް
ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށާއި ވައުދުތައް ފުއްދުމުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ލޯކަލް ގަވަރުމެންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު، އިލްތިމާސް ކުރައްވައިފި އެވެ.
"އަންހެންވެރީންގެ ސައްލާ" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގައި، ކައުންސިލް ތަކަކީ ވެސް އަދި ޑަބްލިޔުޑީސީ ތަކަކަކީ ވެސް އޭގެ ޒާތުގައި ސަރުކާރުގެ ފަށަލައެއް ކަމަށެވެ.
"ހުރިހާ ކައުންސިލްތަކާއި، ހުރިހާ ޑަބްލިޔުޑީސީތަކުން ވެސް މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އަދި ވައުދުތައް ފުއްދުމުގައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް އިލްތިމާސްކުރަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި މަހުގެ 29 އިން 30އަށް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ "އަންހެންވެރީންގެ ސައްލާ" އަކީ ސިޓީސް މިނިސްޓްރީ އިން އިންތިޒާމު ކޮށްގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހާއްސަ ކޮށްގެން ބޭއްވި މި ފަދަ ފުރަތަމަ މަސައްކަތު ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ކ، އއ، އދ، ވ އަދި މ އަތޮޅުގެ އތމ ކޮމިޓީގެ މެންބަރުންގެ ތެރެއިން 59 މެންބަރަކު ބައިވެރިވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް