"އަންހެނުންގެ ކޮމިޓީތަކަށް ދިމާވާ ދަތިތަކަށް ދެ އަހަރު ތެރޭ ހައްލު ލިބޭނެ"

--

އަންހެނުންގެ ކޮމިޓީ ތަކަށް ދިމާވާ ދަތިތަކަށް ކުރިއަށް ދެ އަހަރެއްގެ ތެރޭގައި އެކަށީގެންވާ ހައްލު މި ސަރުކާރުން ގެނެސްދޭނެ ކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އަންހެންވެރީންގެ ސައްލާ، މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެ މަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި އަންހެނުންގެ ކޮމިޓީ ތަކުގެ ދައުރު އަދާކުރުމުގައި ހުރި ގޮންޖެހުން ތަކާއި، މުވައްޒަފުންގެ ދަތި ކަމާއި، ޖާގައިގެ ދަތިކަމަށް ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭ އެކަށީގެންވާ ހައްލު ލިބިގެން ދާނެ ކަމަށެވެ.

އާދަމް ޝަރީފުގެ ވާހަކަފުޅުގައި، މިހާރު ފެށިފައިވާ ކައުންސިލް އިމާރާތްތައް އަޅައި ނިމޭ އިރު ޖާގައިގެ ދަތިކަން 70 އިންސައްތަ ކޮމިޓީއަށް ހައްލު ވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ކޮމިޓީތައް ބާރުވެރިވެ، އަމިއްލަ އުފެއްދުންތެރި ކަމުގެ ކޮމިޓީ ތަކަކަށް ވުމުގެ ވިސްނުމާއި، އާމްދަނީ ހޯދޭނެ މަގުތައް ކޮށައި، އަމިއްލަ ފުދުންތެރި ކަމުގައި ހިންގޭ ކޮމިޓީ ތަކަކަށް ވުމަށް މަސައްކަތް ކުރުމަށް އެ މަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

މިއަދު ފެށުނު އަންހެންވެރީންގެ ސައްލާ މާދަމާގެ ނިއަލަށް ކުރިއަށް ދާނެ އެވެ.

މިއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ތަކަށް ހާއްސަ ކޮށްގެން ލޯކަލް ގަވަރުމެންޓް މިނިސްޓްރީން ކުރިއަށް ގެންދާ މި ފަދަ ފުރަތަމަ މަސައްކަތު ބައްދަލު ވުމެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

38 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy