ރާއްޖެ އާއި މެލޭޝިއާ އާ ދެމެދު ގުޅުންތައް ހަރުދަނާ ކުރުމަށް ދެ ގައުމުން އެއްބަސްވެއްޖެ

--

ރާއްޖެ އާއި މެލޭޝިއާ އާއި ދެމެދު މިހާރަށްވުރެ، ވެސް ބޮޑަށް ގުޅިގެން މަސައްކަތް ކުރުމަށް އަޒުމު ކަނޑައަޅާފައިވާ ކަމަށް ދެ ގައުމުން ހާމަކޮށްފި އެވެ.

މިކަން ހާމަ ކުރައްވާފައިވަނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު، ދެ ގައުމުން ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި، ދެ ގައުމުން ހިއްސާ ކުރާ އުސޫލު ތަކާއި އިގުތިސާދީ ދާއިރާއިންނާއި ބައިނަލްއަގުވާމީ ސުލްހައަށް ކުރާ މަސައްކަތްތ ަކުގައި އެއްބާރުލުން ދިނުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފަ އެވެ.

މި ބައްދަލުވުމުގައި ބަޔާން އިއްވަވަމުން ރައީސް ވަނީ، ދެ ގައުމުގެ ޒަމާންވީ ގުޅުން ބިނާވެފައިވަނީ، ދެ ގައުމުން ހިއްސާކުރާ އިސްލާމީ އަގީދާ އާއި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި، އިހުސާންތެރި ކަމުގެ ތަރަހައިގެ މަތީގައި ކަމަށް ވިދާޅުވެފަ އެވެ.

އިގުތިސާދީގޮތުން ގުޅުން ބަދަހި ކުރުމަށް ކުރެވިދާނޭ މަސައްކަތް ތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ، ރާއްޖޭގައި އިންވެސްޓު ކުރުމަށް ހުރި ފުރުސަތު ތަކަށް އިޝާރާތް ކުރައްވާފަ އެވެ.

އެ ގޮތުން އިގުތިސާދީ ހާއްސަ ސަރަހައްދުގައްޔާއި ވިޔަފާރީގެ ދާއިރާގައްޔާއި މާލީ ދާއިރާގައްޔާއި ކަނޑު ތަކުގެ ދާއިރާގައި ހުރި ފުރުސަތު ތަކުގެ ބޭނުންހިފުމަށް މެލޭޝިޔާގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވައި، މި ފަދަ ފުރުސަތުތައް މެދުވެރިކޮށް، ދެ ގައުމުގެ ދެމެދުގައިވާ އިގުތިސާދީ ގުޅުން އިތުރަށް ބަދަހި ކުރެވިދާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައިގައި މެލޭޝިއާއިން ގެންގުޅޭ ސިޔާސަތަށް ރާއްޖެއިން ތައުރީފު ކުރާކަން އެ މަނިކުފާނު ވަނީ ހާމަ ކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ލީޑަރުންވެސް ވަނީ، މިނިވަން ދައުލަތެއް ގާއިމު ކުރުމަށް ފަލަސްތީނުން ކުރާ ހައްގު ދައުވާއަށް ތާއީދު ކުރެއްވުމުގައި ސާބިތުވެ ތިއްބެވި ކަމަށް ވިދާޅުވެ، އަދުލުވެރި ކަމާއި އަމަން އަމާންކަން ގާއިމު ކުރުމަކީ ދެ ގައުމުންވެސް ހިއްސާކުރާ އަޒުމެއްކަން ހާމަ ކުރައްވާފަ އެވެ.

ރައީސްގެ ވާހަކަފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ޓަކައި ދެ ގައުމުން ހިއްސާކުރާ ތަސައްވުރުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައިވެ އެވެ.  އެގޮތުން، މަތީ ފަންތީގައި މައުލޫމާތާއި ހިޔާލު ބަދަލުކޮށް، އެއްބާރުލުން އިތުރު ކުރުމަށް އަޒުމު ކަނޑައަޅުއްވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ދަތުރުފުޅުގެ އިޖާބީ ނަތީޖާއާ މެދު ޔަގީންކަން އޮތްކަން ހާމަ ކުރައްވަމުން އެ މަނިކުފާނު ވަނީ، މި ދަތުރުފުޅުގެ ސަބަބުން ކުރިއަށް އޮތް އަހަރު ތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރާނޭ މަގު ކޮށިގެން ހިނގައްޖެ ކަމުގައި ވިދާޅުވެފަ އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، ރާއްޖެ ދެމި އޮންނާނީ، ގައުމީ އަދި ސަރަހައްދީ ފެންވަރުގައި ތަރައްގީ އާއި އަމަން އަމާން ކަމާއި ހަމަޖެހުން ގާއިމު ކުރުމަށް، މެލޭޝިއާއިން ގެންގުޅޭ ތަސައްވުރު ހިއްސާކުރާ، މެލޭޝިއާގެ ހަގީގީ ރަހުމަތްތެރިއެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

26 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy