ހައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލް: ފޮޓޯ/ ދިޔަރެސް
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސިޔާސަތަކީ އަގުބޮޑު ނުކޮށް، ހައްޖުވެރީންނަށްނަށް ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ އެ ކުންފުނިން ހައްޖުގެ އަޅުކަމަށް މިހާރު ނަގާ އަގަކީ 2013 ވަނަ އަހަރުން ފަށައިގެން ހަމަޖައްސާފައި އޮތް އަގެއް ކަމަށާއި އެ އަގަކީ މިހާރަށް ބަލައިފި ނަމަ، އެކަށީގެންވާ އަގެއް ވެސް ނޫން ކަމަށެވެ.
ޝަކީލް ވިދާޅުވީ ފާއިތުވި 12 ވަރަކަށް އަހަރު ތެރޭގައި ތަކެތީގެ އަގަށާއި ޓިކެޓުގެ އަގަށް ބޮޑެތި ބަދަލު ތަކެއް އައިސްފައިވާ ކަމަށާއި އަދި ސައުދީ ސަރުކާރުން ގިނަ ޓެކްސް ތަކެއް ވެސް މި މުއްދަތުގެ ތެރޭގައި ތައާރަފު ކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު، ކެއިން ބުއިމާއި ޓްރާންސްޕޯޓުގެ ހަރަދުތައް ބޮޑުތަނުން އިތުރުވެފައިކަން ޝަކީލް ފާހަގަ ކުރެއްވި އެވެ.
"ސައުދީ ސަރުކާރުން ފޯރުކޮށްދެމުން ދިޔަ އެތައް ހިދުމަތް ތަކެއް މިހާރު މިވަނީ ވިޔަފާރި ހިދުމަތް ތަކަކަށް ބަދަލުވެފައި، މީގެ ކުރިން އަޅުގަނޑުމެންގެ ޑޮކްޓަރުންނާ ނަރުހުން، ހޮޓެއްލައި ކްލިނިކެއް ހަދައިގެން ހިދުމަތް ދެމުން އައީ، ނަމަވެސް މި އަހަރުން ފަށައިގެން ނިންމާފައި މި ވަނީ އެ ގައުމުންގެ ސަރުކާރުން ހުއްދަ ދޭ ކޮންމެވެސް ހޮސްޕިޓަލެއް މެދުވެރިކޮށް، އެ ބޭފުޅުންގެ ބެލުމުގެ ދަށުންނޭ އަޅުގަނޑުމެންގެ ކްލިނިކް ވެސް ދެން ހިންގޭނީ، ޝަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމަށް ޓަކައި ސައުދީ ނެޝަނަލް ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، އެ ގައުމުން ބޭނުންވާ މިންގަނޑަށް ހޮޓެލްގެ ކްލިނިކް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެކަމަށް ވެސް ވަރަށް ބޮޑެތި ހަރަދު ހިނގާ ކަމަށެވެ. އެހެންކަމުން މި ހުރިހާ ހަރަދު ތަކަށް ވިސްނާލާއިރު، ވޭތުވެދިޔަ 12 އަހަރު ތެރޭގައި ވަރަށް ބޮޑެތި ހަރަދުތަކެއް އިތުރުވެގެން ގޮސްފައިވާކަން ޝަކީލް ފާހަގަ ކުރެއްވި އެވެ.
"މީގެ ކުރިން ފަސްދޮޅަށް ނުވަ ހާސް ނުވަ ސަތޭކަ ރުފިޔާއަށް ދެމުން އައި ހިދުމަތެއް، މިހާރު ގާތްގަނޑަކަށް މީހަކަށް އެބަ ހަރަދުވޭ އެއް ލައްކަ ރުފިޔާއަށްވުރެ، ބޮޑު އަދަދެއް، ކޮންމެ ހައްޖެއް ނިމޭއިރު، އެވްރެޖު ގޮތެއްގައި ކޯޕަރޭޝަނަށް ހައްޖުގެ ހިދުމަތް ތަކުން ތިރީސް މިލިއަނާ ސާޅީސް މިލިއަން ރުފިޔާގެ ގެއްލުމެއް އެބަވޭ، މި ހަރަދު މި ނަގަނީ ދައުލަތުން އިނގޭތޯ،" ޝަކީލް ވިދާޅުވި އެވެ.
ޝަކީލް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ހައްޖަށް ގެންދާ އަގު މިހާރަށްވުރެ، ކުޑަކުރުން ކަމަށާއި އެގޮތުން އެ މަނިކުފާނުގެ އެދުމަކީ ހައްޖު ކޯޕަރޭޝަނަކީ އާމްދަނީ ލިބޭ އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވެވޭ ކުންފުންޏަކަށް ހަދައިދިނުން ކަމަށެވެ. އަދި އެއީ ހައްޖުވެރީން އަތުން ނަގާ އަގު ކުޑަކުރުމަށް ޓަކައި ބޭނުން ކުރެވޭ އާމްދަނީ އަކަށް ހެދުން ކަމަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް