ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު -- ފޮޓޯ/ ޕޮލިސް
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އިސްތިއުފާދެއްވަން ނިންމަވައިފި އެވެ.
ނަމަވެސް މިކަމުގައި ފުލުހުންނާއި ޝުޖާއުގެ ބަހެއް އަދި ލިބޭގޮތެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ސީޕީ އިސްތިއުފާ ދެއްވަން ނިންމެވިކަން މިހާރު ވަނީ ޕޮލިސް ބޯޑަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް އަންގަވާފަ އެވެ.
ސުޖާއު އިސްތިއުފާ ދެއްވަން މި ނިންމެވީ މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހު، މާލޭ ގެއެއްގެ ފުރާޅު މައްޗަށް ގަލޮޅު ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު, 21, ވެއްޓުނު މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުގެ މިނިވަންކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަނިކޮށެވެ.
އަދި އަނިޔާ ލިބުނު ޔުމްނު އަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ މަގުމަތީގައި ސިލްސިލާ މުޒާހަރާ ތަކެއް ކުރަމުންނެވެ. ޒުވާނުންގެ އެންމެ ބޮޑު ޑިމާންޑަކީ މި މައްސަލައިގެ އިންސާފުވެރި ތަހުގީގެއް ކުރުމަށާއި ނޭޝަނަލް އިންޓެގްރީ ކޮމިޝަނުން މިނިވަން އިންކުއަރީއެއް މިކަމުގައި ހިންގުމަށެވެ.
އޭގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން އަދި ސީޕީ ސުޖާއު، އިސްތިއުފާދެއްވުމަށް ވެސް މުޒާހަރާގެ ބައިވެރީން ގޮވާފައިވެ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް