އަންހެނުންގެ އައިސީޓީ ތައުލީމަށް ހޭދަކުރުމަކީ ޑިޖިޓަލް މުސްތަގުބަލަކަށް ކުރެވޭ ހޭދައެއް: ރައީސް

--

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ދާއިރާއިން އަންހެނުންގެ ފަންނީ ކުރިއެރުމަށް ހޭދަ ކުރުމަކީ މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށާއި އެންމެން ހިއްސާވާ ޑިޖިޓަލް ޒަމާނަކަށް ބަދަލުވާން ކުރާ ދަތުރުގައި ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ "އިންޓަނޭޝަނަލް ގަރލްސް އިން އައިސީޓީ ޑޭ" ގެ މުނާސަބަތުގައި ނެރުއްވި މެސެޖުގަ އެވެ.

މި މެސެޖުގައި އެމަނިކުފާނު ވަނީ ޑިޖިޓަލް އީޖާދުތަކާއި އިގުތިސާދީ ކުރިއެރުންތައް ހާސިލު ކުރުމުގައި ޒުވާން އަންހެނުންގެ މުހިންމު ދައުރު ފާހަގަ ކުރައްވައި، މި އަހަރުގެ ޝިއާރުކަމުގައިވާ، "ގާލްސް އިން އައިސީޓީ ފޯ އިންކްލޫސިވް ޑިޖިޓަލް ޓްރާންސްފޯމޭޝަން" އާއި ރާއްޖޭގެ ގައުމީ ތަރައްގީގައި އެ ދާއިރާއިން އިސްކަންދޭ މިންވަރު ގުޅުވައިލައްވާފަ އެވެ.

ރައީސްގެ މެސެޖުގައި ހުރިހާ އަންހެން ކުދިންނަށް ފެންވަރު ރަނގަޅު ތައުލީމު ލިބޭނެ މަގު ތަނަވަސްކޮށްދީ، ޑިޖިޓަލް ހުނަރު ތަރައްގީކޮށް، ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަށް ދެވޭނެ މާހައުލެއް ގާއިމު ކުރުމުގައި، ސަރުކާރުގެ ތަސައްވުރު ފާހަގަ ކުރައްވާފައިވެ އެވެ. އަދި، މިރޮނގުން އަންހެންކުދިން ބާރުވެރި ކުރުމަކީ ގައުމުގެ މުސްތަގުބަލަށް ކުރާ އިންވެސްޓްމަންޓެއް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ މިރޮނގުން ގައުމީ ފެންވަރުގައި ހާސިލު ކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމުގެ ގޮތުން، "ވުމެން އިން ޓެކްނޮލޮޖީ" ގެ ނަމުގައި ފަށާ ގައުމީ މަޝްރޫއެއްވެސް އިޢުލާންކުރައްވާފަ އެވެ.

މިމަޝްރޫއުގެ ދަށުން އައިސީޓީ އަދި ޑިޖިޓަލައިޒޭޝަން ދާއިރާގެ އަންހެން ފަންނުވެރިންނަށް އެހީތެރިވުމުގެ އިތުރަށް، އެ ދާއިރާއިން އަންހެންކުދިންނާއި އަންހެނުންނަށް ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެކަން އެ މަނިކުފާނު ފާހަގަ ކުރައްވާފައިވެ އެވެ.

ރައީސްގެ މެސެޖުގައި ރާއްޖޭގެ ޑިޖިޓަލައިޒޭޝަން މަގުޗާޓަށް ވެސް އަލިއަޅުއްވާލައްވާފައިވެ އެވެ. އެގޮތުގެ މަތީން ޑިޖިޓަލައިޒޭޝަނަށް ހުރި ހުރަސްތައް ނައްތާލައި ކުރިއަރަމުން އަންނަ ޑިޖިޓަލް އިގުތިސާދެއް އުފެއްދުމަށް ރާވާފައިވާ ފުޅާ ޕްލޭންތަކުގެ ތަފްސީލު އެ މަނިކުފާނު ހިއްސާ ކުރެއްވި އެވެ.

އެގޮތުން ސަރުކާރުން އިސްނަގައިގެން ހިންގާ ހަރަކާތްތަކުގެ ސަބަބުން މުޅި ގައުމުގައި މެންޓަޝިޕް، ސްކޮލަޝިޕް، އަދި އިންޓާންޝިޕްގެ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށާއި، ކުރިއަށް އޮތް އަހަރު ނިމޭއިރު، އަހަރަކު މަދުވެގެން 100 އަންހެނުން ޑިޖިޓަލް ހުނަރާއި އިޖާދީ ޓެކްނޮލޮޖީ ތަކަށް ތަމްރީނު ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އެމަނިކުފާނު އިއުލާން ކުރެއްވި އެވެ.

އަދި ރާއްޖޭގެ އައިސީޓީ ދާއިރާގައި އަންހެން ފަންނާނުންގެ މަސައްކަތް ފާހަގަ ކުރައްވައި، ގައުމު ތަރައްގީކުރުމާއި، ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާން ތައްޔާރުވެ، އަންނަން އޮތް ޖީލުތައް ބައްޓަން ކުރުމަށް ހިތްވަރު ދެއްވި އެވެ.

"އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ" އަކީ ކޮންމެ އަހަރެއްގެ އޭޕްރިލް މަހުގެ ހަތަރު ވަނަ ބުރާސްފަތިދުވަހު، ފާހަގަ ކުރާ ދުވަހެކެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

36 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy