ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވުން ވާނީ ހުއްޓުވާފައި: އިހުސާން

--

މި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވުން ހުއްޓުވާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން ވައްދާފައިވާ ކަމަށް ތުހުމަތު ކުރައްވައި މެންބަރު ވަނީ އޭގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅުއްވާ ފިޔަވަޅު ތަކަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ.

ޖަވާބުގައި އިހުސާން ވިދާޅުވީ ދައުލަތުގައި ހުރި ރައްޔިތުންގެ ޒާތީ މައުލޫމާތު މީގެ ކުރިން ލީކުވެފައިވާ ކަމަށާއި، ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅު ތަކާއެކު ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކުވުން ހުއްޓުވާފައިވާ ކަމަށެވެ.

އިހުސާން ވަނީ ޑީއެންއާރުގެ ޑޭޓާބޭސްގެ ތެރެއިން ރައްޔިތުންގެ ޒާތީ މައުލޫމާތު ހޯދައިގެން އެއްވެސް ޕާޓީ އަކަށް އެއްވެސް މީހަކު ވައްދާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޑިޖިޓަލައިޒޭޝަންގެ ސިޔާސަތުގެ ދަށުން "މޯލްޑިވްސް 2.0"ގެ ނަމުގައި ރާއްޖޭގެ އީފާސްގެ ހިދުމަތް ހަރުދަނާކޮށް، ޑިޖިޓަލް އައިޑެންޓިޓީ އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ. އަދި އީފާސްއަކީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި މުއާމަލާތް ކުރުމަށް ބޭނުންވާ މައުލޫމާތު ހިމެނޭ އައިޑެންޓިޓީ އަކަށް ވެގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ

މި ދައުރުގެ ތެރޭގައި ޑީއެންއާރުގެ ޑޭޓާބޭސް ކޮމްޕްރޮމައިޒްވެފައި ނޯންނާނެ ކަމަށް ވެސް އިހުސާންގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

ސައްހަ ނޫން ފޯމު ތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ފަރާތްތަކާ މެދު އެޅުއްވި ފިޔަވަޅު ތަކަކީ ކޮބައިތޯ ބެލުމަށް ޓަކައި ވެސް މެމްބަރު ވަނީ ސުވާލު ކުރައްވާފަ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ މިއަދާއި ހަމައަށް ދައުލަތުގެ އެއްވެސް އިދާރާއަކުން އެފަދަ ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށާއި ނަމަވެސް އެފަދަ ކަމެއް މުއައްސަސާ އަކުން އަންގާ ހިސާބުން އިސްތިސްނާއެއް ނެތި މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

35 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy