ދަނގެތީގެ އައު އިންޖީނުގޭގެ މަސައްކަތް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުން — ފޮޓޯ/ ސްޓެކްލޯ
އދ. ދަނގެތީގައި އަލަށް ގާއިމުކުރަން ނިންމާފައިވާ އިންޖީނުގެއާއި ކަސްޓަމާ ސާވިސް ބިލްޑިން އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ މަސައްކަތް ސްޓެލްކޯއިން ބަޔަކާ ހަވާލުކޮށްފިއެވެ.
ސްޓެލްކޯއިން މި މަސައްކަތް ހަވާލު ކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ކިޔާ ކުންފުންޏަކާ އެވެ.
މިއަދު ސްޓެލްކޯ ހެޑް އޮފީހުގައި މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އަދި އަލްޓެކް މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން ތަސްމީނެވެ.
މި މަސައްކަތް 330 ދުވަސް ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏާ ހަވާލު ކުރީ 14،870،413 ރުފިޔާ އަށެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީ ފަހުމީ ވިދާޅުވީ، ދަނގެއްޗަކީ ލޯކަލް ޓުއަރިޒަމްގައި ކުރި އަރަމުން އަންނަ ރަށަކަށް ވުމުންނާއި، ގެސްޓް ހައުސްތައް އިތުރުވެ، ކަރަންޓު ބޭނުން ކުރާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ރަށަކަށް ވުމުން، އައު އިންޖީނުގެއެއް ބޭނުން ވެފައިވާ ރަށެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޖީނުގެ ނިންމާ، ބޭނުން ކުރަން ފެށުމާއެކު، ދަނގެތީގެ ރައްޔިތުންނަށް މިހާރަށްވުރެ، ފުރިހަމަ ހިދުމަތެއް ދެވި، އެ ކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށް ވެސް ފަހުމީ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދު ވިދާޅުވީ، މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، މިއީ ދަނގެތީ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއް ކަމަށެވެ.
ދަނގެއްޗަކީ ހާއްސަކޮށް ޓުއަރިޒަމަށް ފައްކާވަމުން އަންނަ ރަށަކަށް ވުމުން، މިވަގުތު ވެސް މިހާރުގެ އިންޖީނުގެ އިން ތަނުގެ ސަބަބުން، ކައިރީގައި ހުރި ގެ ތަކަށާއި، ގެސްޓް ހައުސް ތަކަށް ދަތި ތަކެއް ކުރިމަތިވާ ކަމަށާއި، މިއަދުގެ މި އެއްބަސްވުމާ އެއްކޮށް، އެމީހުންނަށް އަލިމަގެއް ފެނިގެންދިޔައީ ކަމަށް މެންބަރު ވިދާޅުވި އެވެ.
އެ ރަށުގެ ރައްޔިތުންނަށް މިކަންކަން އަވަސް ކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ކޮށްދެއްވާފައިވާ މަސައްކަތްތަކަށާއި އަދި ބިން ދަތިކޮށް އުޅެމުންވެސް އައު އިންޖީނުގެ އަޅައި، ބިން ހަމަޖެއްސި ކަމަށް ޓަކައި ދަނގެތީގެ ކައުންސިލަށާއި، ކައުންސިލް ރައީސަށް މެންބަރު އަބުދުﷲ ރަޝީދު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ، މިއަދަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް ވެސް އުފާވެރި ދުވަހެއް ކަމަށާއި، މި ކަމަކީ ދަނގެތީގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް ކަމަށެވެ.
މިހާރުގެ އިންޖީނުގެ ހުރި ތަނުގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަކުން އެ ސަރަހައްދުގައި އިމާރާތް ކުރަން ނުފެށިފައި އެބަތިބި ކަމަށާއި، އެކަމުގެ ޝަކުވާ ބޮޑުކަން ފާހަގަ ކުރައްވާ މުއާވިއަތު ވިދާޅުވީ އެހެން ނަމަވެސް މިއަދު މިއީ އެ ކަމުގެ ހައްލު ލިބިގެންދާ ދުވަސް ކަމަށެވެ. އަދި މިއީ ވަރަށް ރަނގަޅު ފެށުމެއް ކަމަށާއި މިއާއެކު، ދަނގެތީގެ ރައްޔިތުންގެ ވަރަށް ފޮނި އުއްމީދު ތަކެއް ހާސިލު ވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުއާވިއަތު ވިދާޅުވީ މި ކަމަށް ހައްލު ހޯދުމަށް ފަސް އަހަރަށްވުރެ، ގިނަ ދުވަހު މަސައްކަތް ކުރެވިއްޖެ ކަމަށާއި، އެހެންވެ މިކަމަށް ހައްލު ހޯދަ ދެއްވާ ކަމަށް ޓަކައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަށާއި، ރައީސުލްޖުމްހޫރިއްޔާ އަށް ޝުކުރު ދަންނަވާ ކަމަށެވެ.
މި އަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ފަހުމީ އާއި އެ ކުންފުނީގެ އިސް ވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބުދުﷲ ރަޝީދު އަދި ދަނގެތި ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް