ކުދީންނާއެކު ނަބަވީގެ އިމާމު ވަގުތުކޮޅެއް ހޭދަ ކުރައްވައިފި

ކުދީންނާއެކު ނަބަވީގެ އިމާމު ޑރ. ސަލާހުލްބުދައިރު ވަގުތުކޮޅެއް ހޭދަ ކުރެއްވުން —

ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ މަސްޖިދުއްނަބަވީގެ އިމާމު އަދި ހަތީބު ޑރ. ސަލާހުލް ބުދައިރު މާލޭގެ ބައެއް ޕްރީ ސުކޫލް ތަކުގެ ދަރިވަރުންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުން ވެގެން ގޮސްފައި ވަނީ ދަރިވަރުންނަށް ވަރަށް އުފާވެރި އިހުސާސްތަކެއް ގެނުވައިދިން ބައްދަލު ކުރެއްވުމަކަށް ކަމަށެވެ.

މި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަލާހިލްބުދައިރު ވަނީ ދަރިވަރުންނާ ބައްދަލު ކުރެއްވުމުން އުފާ ކުރައްވާ ކަމަށާއި، ދަރިވަރުންނަށް ފާގަތި މުސްތަގުބަލަކަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ބައެއް ދަރިވަރުން ވަނީ ގުރުއާން ކިޔެވުމުގެ ހުނަރު ދައްކާލާފަ އެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނު މިއަދު ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ބައްދަލު ކުރައްވާފަ އެވެ. އަދި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި، އެ މިނިސްޓްރީގެ އިސްވެރިންނާއި ފަތުވާ މަޖިލީހުގެ މެމްބަރުންނާއި ބައްދަލު ކުރައްވާފައިވެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

33 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy