ކައުންސިލްގެ ކުރެހުން ނެތަސް، ހިޔާވަހި ސްކީމަށް ހުށަހެޅޭ ގޮތަށް ލުއި ދީފި

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު

ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް ހާއްސަކޮށްގެން ސަރުކާރުން އިފްތިތާހު ކުރި "ހިޔާވެހި ފައިނޭންސިން" ސްކީމުގެ ލޯނަށް މާލޭ ސިޓީ ކައުންސިލްގެ ކުރެހުން ނެތަސް، ހުށަހެޅޭނެ ގޮތް ހަދައި، އުސޫލަށް ބަދަލު ގެނެސްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ހިޔާވަހި ސްކީމަށް އެދޭއިރު، ފާސް ކުރެވިފައިވާ ކުރެހުން ހުށަހެޅުމަށް ކަނޑައަޅާފައި ވަނީ ބޭންކު ތަކުން ފާސް ކޮށްފައިވާ ކުރެހުން ބޭނުން ވާތީ އެވެ.

އެހެން ނަމަވެސް އެ ސްކީމަށް އެދި ހުށަހަޅަން ބޭނުންވާ ވަރަށް ގިނަ ފަރާތް ތަކަކުން މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސް ކުރުމަށް ވަގުތު ބޭނުން ވާތީ ކައުންސިލުގެ ކުރެހުން ނެތަސް އިންޖިންނިއަރާއި އަދި އާކިޓެކްޓް ސްޓޭމްޕް ކޮށްފައި ވާ ނަމަ ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރުން އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާއިރު، ފާސް ކުރި ލިޔުން ހުށަހެޅުމަށް ފުރުސަތު ދެވޭނެ ކަމަށް ވެސް މިނިސްޓަރު މުއްތޮލިބު ވިދާޅުވި އެވެ.

މި ލޯނުތައް ދޫކުރާނީ މުޅިއެކު ދެ ގެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދާއި ރައީސް ކަނޑައަޅުއްވާ އާބަން ސެންޓަރުތަކަށް ހާއްސަ ލޯން ސްކީމަކާއި، އެހެނިހެން ސަރަހައްދު ތަކުގައި ދިރިއުޅޭ މީހުންނަށް ދޫކުރާ ލޯނެކެވެ.

އެ ގޮތުން މާލެ ސަރަހައްދާއި އާބަން ސެންޓަރު ތަކަށް ތިން މިލިއަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރާނެ އެވެ. މި ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެ އެވެ. އެހެނިހެން ސަރަހައްދު ތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، އެ ފަރާތް ތަކަށް ވެސް 25 އަހަރަށް ބަހާލައިގެން ލޯނު އަނބުރާ ދެއްކުމުގެ ފުރުސަތު ލިބޭނެ އެވެ.

ބިން ލިބި ގެދޮރު އެޅުމަށް ގިނަ ފަރާތް ތަކަށް ދަތިތަކާ ކުރިމަތިވެފައިވާއިރު، މި ކަމަށް ލުޔެއް ހޯއްދަވައިދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

53 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy