ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާއަށް ރައީސް ދަރުބާރުގެއަށް ވަޑައިގަތުމުން، ގައްސާން ސަލާމްކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ދިފާއީ ބާރުގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ޝުކުރު ދަންނަވައިފި އެވެ.
އެ މަނިކުފާނު ރައީސަށް ޝުކުރު ދެންނެވީ ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެކްސްގައި ކުރެއްވި ތަހުނިޔާގެ ޕޯސްޓެއްގަ އެވެ.
ގައްސާން ވަނީ މި ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށާއި ސިފައިންގެ ލީޑާޝިޕް، އަދި ހިތްވަރު ގަދަ ދިވެހި ސިފައިންނާއި އާއިލާ ތަކަށް ފޮނުއްވާފަ އެވެ.
އޭގެ އިތުރުން ދިފާއީ ބާރުގެ އަސްކަރީ ގާބިލިއްޔަތު އިތުރުކޮށްދެއްވަން ރައީސް މުއިއްޒު ކޮށްދެއްވާ ބުރަ މަސައްކަތްޕުޅަށް ވެސް އެ މަނިކުފާނު ޝުކުރު އަދާ ކުރެއްވި އެވެ.
"ދިފާއީ ބާރުގެ އަސްކަރީ ގާބިލިއްޔަތު އިތުރުކޮށްދެއްވަން ރައީސް މުއިއްޒު ކޮށްދެއްވާ ބުރަ މަސައްކަތްޕުޅަށް ދިވެހި ސިފައިންނާއި ޑިފެންސު މިނިސްޓްރީ އަދި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ހުދު އަޅުގަނޑުގެ އަމިއްލަ ނަމުގައި ހިފެހެއްޓުމެއްނެތި ޝުކުރު ދަންނަވަން،" ގައްސާން ވިދާޅުވި އެވެ.
ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، ރައީސް، އެކްސް ގައި ކުރެއްވި ތަހުނިޔާގެ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ދިވެހީންނަށް ލިބުނު ކޮންމެ ކުރިއެރުމަކާއި ކާމިޔާބެއްގެ ސިއްރަކީ، މިނިވަން ދައުލަތެއްގެ ގޮތުގައި މި ގައުމު ދެމިއޮތުން ކަމަށާއި، ދިވެހި މިނިވަން ކަމުގެ ދަންމަރު އުދަރެސް ތަކަށް އުފުލައި ދެނީ، ދިވެހި ސިފައިންގެ ޖޯޝާއި، ގުރުބާނީއާ ނުގުޑާ އަޒުމުން ކަމަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް