އެމްޕީއެލް ބަނދަރު ސަރަހައްދު --
ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުން ކުރަން ފަށައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސުން ބުނީ ޝިޕިން އޭޖެންޓުންނާއި، ފްރައިޓް ފޯވާޑިންގެ ހިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީ ވުމާއި ކަސްޓަމްސްއަށް ހުށަހަޅަން ޖެހޭ މައުލޫމާތު ހުށަހެޅުމަށް ޓަކައި ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ޕްލެޓްފޯމް މިއަދުން ފަށައިގެން ރަސްމީކޮށް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
މިކަން މިގޮތަށް ކުރަން ކަސްޓަމްސުން ނިންމީ މި އަހަރުގެ ދެ ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތީން، އިމްޕޯޓް އެކްސްޕޯޓާއި ގުޅުން ހުރި ބޯޑަރުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާ ތަކުން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ދިނުމަށްޓަކަ އެވެ.
ކަސްޓަމްސުން މިހާރު ވަނީ ވިޔަފާރިވެރިންނާއި ޚިދުމަތްދޭ އިދާރާތައް ގުޅުވައިދޭ ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ޕްލެޓްފޯމް މިއަދުން ފަށައިގެން ރަސްމީކޮށް ބޭނުން ކުރަން ފަށާފަ އެވެ.
ކަސްޓަމްސުން ބުނީ ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައި ނުވާ ފަރާތް ތަކަށް، މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، މިހާރު ހުށަހަޅަމުންދާ ގޮތަށް ކާގޯ މެނިފެސްޓާއި "ވެސެލް އެރައިވަލް އިންފޮމޭޝަން (އީޓީއޭ)" އާގުޅޭ މައުލޫމާތު އެ އިދާރާއަށް ހުށަހެޅޭނެ ކަމަށެވެ.
އަދި ޖޫން މަހުން ފަށައިގެން، މި ހިދުމަތްތައް ހޯދޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްރޭޑިއަން ކަމަށްވާތީ، މޭ 31 ވަނަ ދުވަހުގެ ކުރިން، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީ ކުރުމަށް އެންމެހާ ޝިޕިން އެޖެންޓުންނަށާއި ފްރައިޓް ފޯވާޑިންގެ ހިދުމަތްދޭ ފަރާތް ތަކުން ސަމާލުވުމަށް ކަސްޓަމްސް އިން ވަނީ އެދިފަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް