ޕޮޑްކާސްޓުގެ ހަތަރު ވަނަ އެޕިސޯޑުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ — ފޮޓޯ/ ރައީސް އޮފީސް
މަސްވެރި ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ދަފުތަރުވެފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ހަތަރު ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ވަކި ވަކި މަސްވެރީން ދަފުތަރު ކުރެވެމުންދިޔުމުން، މަސްވެރި ކަމަކީ ދެމެހެއްޓެނިވި އާމްދަނީ ލިބޭ ކަމެއްގެ ގޮތުގައި ބޭންކު ތަކުން ބަލައި ގަންނާނޭ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ދަފުތަރެއް އެކުލަވާލައި ދަފުތަރު ކުރުމުގެ މަސައްކަތް ފަށައިގަތީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާ ތެރޭގަ އެވެ.
މަސްވެރި ކަމަށް ބޭނުންވާ ކަނދުފައްޗަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ، މި ދައުރުގެ މިހާތަނަށް 18 ވަދު ކަނދުފަތި ގާއިމު ކުރެވިފައިވާ ކަމަށާއި، ކަނޑައިގެންދިޔަ، 21 ކަނދުފަތި ވެސް އަލުން ގާއިމު ކުރެވިފައިވާ ކަމަށެވެ. އަދި މަސްވެރީންގެ ރައްކާތެރި ކަމަށް ޓަކައި، ރެސްކިއު ޑައިވިން ކޯސްތައް ހިންގައި، 56 ދޯންޏަކުން 56 ރެސްކިއު ޑައިވަރުން ތަމްރީނު ކުރެވިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
މަސްވެރި ކަމުގެ ދާއިރާއިން މީހުން ބިނާ ކުރުމުގެ ގޮތުން، ގައުމީ ޔުނިވާސިޓީގެ މޯލްޑިވްސް ކޮލެޖް ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް އިން 45 ދަރިވަރަކަށް ބެޗެލާސް އޮފް ފިޝަރީޒް މެނޭޖުމެންޓް ކިޔެވުމަށް ފުލް ސްކޮލާޝިޕްގެ ފުރުސަތު ދެއްވަމުން ގެންދަވާނޭ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން މަސްވެރިކަމާ ގުޅުންހުރި އެހެނިހެން ދާއިރާ ތަކުން ވެސް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް ދެއްވާނޭ ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް