---
އަޟްހާ ޢީދަށް މުޅި ރާއްޖޭގެ ދިއްލާލުމަށް ތައްޔާރުވެއްޖެއެވެ. "ޢީދު އަލި" ހަރަކާތް ކުރިއަށްގެންދިއުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލައިޓުތައް ހަރުކުރުމުގެ މަސައްކަތް ފޯރިއާއެކު ދަނީ ކުރިއަށެވެ.
އިސްލާމީ ޤައުމުތަކުގައި ޢީދު ފާހަގަކުރުމުގައި ގެންގުޅޭ ސަޤާފަތެއްގެގޮތުން ރާއްޖޭގައިވެސް "ޢީދު އަލި" ހަރަކާތް ކުރިއަށްގެންދަން ސަރުކާރުން ނިންމާއި، ފުރަތަމަ ދިއްލާލީ މިދިޔަ ފިޠުރު ޢީދުގައެވެ. މި ކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެގުމަށް ފެއްޓެވި ކަމެކެވެ.
އަޟްހާ ޢީދަށް މުޅި ރާއްޖެ ދިއްލާލުމަށް ކުރިއަށްގެންދާ ހަރަކާތުގެ ދަށުން ހުރިހާ ސިޓީތަކާ އަދި އަތޮޅުވެރިކަން ކުރާ ރަށްތަށް ދިއްލާލުން ކުރިއަށްދާނެއެވެ. މި ރަށްތަކުގައި ލައިޓް ހަރުކޮށް، ދިއްލުމަށް މިހާރު ދަނީ ފަހުގެ ތައްޔާރީތައްވަމުންނެވެ. ލައިޓްތައް ފަރުމާކޮށްފައިވަނީ އިސްލާމީވަންތަކަން ދައްކުވައިދޭ ފަރުމާތަކާއި، މާ ބަގީޗާތައް ރަމްޒުކޮށްދޭގޮތަށެވެ. ރީތި ކުލަތަކުން ގިޑިގެތަކާއި، މާ ބަގީޗާ ޕާކްތައް ހިމެނޭގޮތަށް މާލެއާއި ރަށްރަށުގެ ބޮޑެތި މަގުތަކާއި، އާއްމުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި އެ ލައިޓްތައް ހަރުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
ލައިޓްތައް ހަރުކޮށް ދިއްލުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާ، އެޗްޑީސީ، ސްޓެލްކޯ އަދި ފެނަކަ ކޯޕަރޭޝަން ގުޅިގެންނެވެ.
"ޢީދު އަލި" ހަރަކާތަކީ ނިމުނު ފިޠުރު ޢީދުގައިވެސް އާއްމުންގެ އެންމެ ބޮޑު ޝަޢުގުވެރިކަމެއް ލިބުނު ހަރަކާތެކެވެ.އެ ހަރަކާތް މުޅި ރާއްޖޭގައި އިފްތިތާޙުކުރެއްވީ، ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. މިއީ ކުޑަކުދިންގެވެސް ވަރަށް ބޮޑު ޝަޢުވެރިކަމެއް ލިބުނު ކަމެކެވެ.
ޢީދަށް މުޅި ރާއްޖެ ދިއްލާލުމުގެ ހަރަކާތް އޮންނާނީ ޢީދު ވިލޭރެއެވެ. އަދި ޢީދު ނިމެންދެން ލައިޓްތައް ޖަހާފައި ހުންނާނެއެވެ. ސަރުކާރުކާރުގެ ޢަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި މި ހަރަކާތް ރާއްޖޭގެ ހުރިހާ ރަށެއްގައި ހިންގުމެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް