މަންދީ އާއި ފައްޔާޒުގެ މައްޗަށް މެޑަމް ސާޖިދާ ދައުވާ ކުރައްވައިފި

ރައީސްގެ ދެކަނބަލުންނާއި ދެ ދަރިކަލުން --

ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް، ނިސްބަތްކޮށް ދެއްކި ވާހަކަތާ ގުޅުވައިގެން އެމްޑީޕީގެ އެކްޓްވިސްޓު މަރިޔަމް ޒުބައިރު (މަންދީ) އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލުގެ އިތުރުން އެ ޕާޓީ އާ ދެކޮޅަށް ދައުވާ ކުރުމަށް ސިވިލް ކޯޓާއި ފެމިލީ ކޯޓަށް ހުށަހަޅައިފި އެވެ.

މިދިޔަ ރޯދަމަހު، އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި މަންދީ ބުނެފައި ވަނީ ރާއްޖޭގައި ވޭޕް ބޭނުންކުރުން މި ސަރުކާރުން މަނާ ކުރީ  ރައީސް މުއިއްޒުގެ ދަރިކަލުން ވޭޕް ބޭނުންކުރައްވާކަން އެނގުމުން ކަމަށެވެ.

މި މައްސަލައިގައި ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު، އާޒިމާ ޝަކޫރުގެ ލޯ ފާމު، ކަމުގައިވާ ރެހެންދި ޗެމްބާސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ރައީސް މުޙައްމަދު މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަ ތަކުގެ ސަބަބުން، ދަރިކަލުންގެ ނަފުސަށާއި ފުރާނައަށް ނުރައްކާ ވާނެ ހާލަތެއް މެދުވެރިކުރުވާ، ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުން ތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އުމައިރުގެ މަންމަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖީދާ މުޙައްމަދުގެ ފަރާތްޕުޅުން ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް މަންދީ، އާއި ފައްޔާޒުގެ އިތުރުން އެމްޑީޕީއާ ދެކޮޅަށް ދައުވާ އުފުލާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ސިވިލް ކޯޓަށް ހުށަހެޅީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ނިގުޅައިގެންފައި ވާތީ އެވެ. ފެމިލީ ކޯޓަށް މައްސަލަ ހުށަހެޅީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކަމުގެ ގާނޫނު، އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާތީ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މި މައްސަލަތައް ހުށަހަޅާފައި މިވަނީ، ގާނޫނުއަސާސީ އާއި ގާނޫނު ތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރި ކަމުގެ ހައްގު، ސިޔާސީ ދެކޮޅުވެރި ކަމާއި ވާދަވެރި ކަމުގެ ތެރެއިން ވިޔަސް، ނިގުޅައި ނުގަނެވޭނޭ ކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.

އޭގެ އިތުރުން އެކުދިންގެ ތައުލީމާއި މުސްތަގުބަލު އަދި ނަފްސު، ގަނާ ކުރުމާއި ފުރައްސާރަ ކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށް ކުރެވޭ މަސައްކަތް ތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަގުސަދުގައިކަން އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

40 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy