ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި

ތުރުކީގައި ރާއްޖޭގެ އެމްބަސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ތުރުކީގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފި އެވެ.

އިއްޔެ، މި އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވީ އެ ކަމަށް ޓަކައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. އެމްބަސީ ހުޅުވައިފައި ވަނީ ތުރުކީގެ ވެރިރަށް، އަންކާރާގަ އެވެ.

އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތުގައި ތުރުކީގެ މިނިސްޓާ އޮފް ކަލްޗާ އެންޑް ޓޫރިޒަމް މެހްމެތު ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީ އަށް ކަނޑައަޅާފައިވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މި އެމްބަސީގެ ސަބަބުން ދެ ގައުމުގެ އިގުތިސާދާއި ފަތުރުވެރިކަމާއި، ސަގާފަތް ކުރިއަރުވާ ތައުލީމީ ދާއިރާގެ ގުޅުންތައް ވެސް އިތުރަށް ވަރުގަދަ ވާނެ ކަމަށެވެ.

ފޮރިން މިނިސްޓަރު ހަލީލުގެ ވާހަކަފުޅުގައި ވިދާޅުވީ މި އެމްބަސީއާއެކު، އެ ގައުމަށް ޒިޔާރަތް ކުރާ ދިވެހިންނާއި ތުރުކީގައި ދިރިއުޅެމުން އަންނަ ދިވެހީންނަށް ދިމާވާ ކަން ކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ލުއިފަސޭހަ ވާނެ ކަމަށެވެ. އޭގެ އިތުރުން މިއީ ތުރުކީއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވަމުންދާ ކަމުގެ އަލިގަދަ ހެއްކެއް ކަން ވެސް މިނިސްޓަރު ހަލީލް ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

23 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy