---
ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން "ފަލަސްތީނާއެކު ދިވެހިން" ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް ނުވަ ގަޑިއިރުވީ އިރު، 6.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ހާމަކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ޕީއެސްއެމުން އިންތިޒާމުކޮށްގެން ގިނަ މީޑިއާތަކެއް ގުޅިގެން ބާއްވަމުން އަންނަ ޓެލެތޯން ފެށީ މިއަދު ހެނދުނު 8:00 ގައެވެ. އެގޮތުން މި ޓެލެތޯން މިރޭ 12:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ޕީއެސްއެމުން ވަނީ ނިންމައިފައެވެ.
ފަލަސްތީނާއި އެކު ދިވެހިން، މާލޭގައި ބެހެއްޓިފައިވާ ފަންޑް ފޮށިތައް—ވަގުތު އިމޭޖަސް:އާދިން މޫސާ ލަތީފް
ޕީއެސްއެމުން މިއަދު 5:00 އާ ހަމައަށް ހާމަކޮށްފައިވާ ގޮތުގައި ޓެލެތޯނަށް މިހާތަނަށް އައިއިރު، 6،427،875.48ރ. އަދި 12،713.32 ޑޮލަރު (195،000ރ.) ވަނީ ލިބިފައެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ އެކައުންޓާއި ޑޮލަރު އެކައުންޓަށް ލިބިފައިވާ ފައިސާ އެކަންޏެވެ.
ފަލަސްތީނަށް އެހީވުމަށް މާލޭގެ 13 ސަރަހައްދުގައި ފަންޑު ފޮށިތައް ބަހައްޓާފައިވާ އިރު، ފޮށިތައް ގުނަން ފަށާނީ މިއަދު އިރުއޮއްސި 6:00 ގައެވެ. އަދި ޓީވީއެމްގެ ގޯތިތެރޭގައި ބަހައްޓާފައި ހުރި ފަންޑު ފޮށި މިރޭ 10:00 އާ ހަމައަށް ހުޅުވާފައި ބަހައްޓަން ވަނީ ނިންމައިފައެވެ. މި ފަންޑު ފޮށިތައް ގުނާ ނިމުމުން މި ޓެލެތޯނަށް ލިބުނު ފައިސާގެ އަދަދު މިއަށް ވުރެ ވެސް އިތުރުވެގެން ދާނެއެވެ.
އެ ފައިސާ ގުނާނީ އޮޑިޓް ކުރުމަށް ހަވާލުކޮށްފައިވާ ކްރޯވް މޯލްޑިވްސް އެލްއެލްޕީގެ މެމްބަރުންނެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް