މަޑުލުވަހީދަކީ، ދިވެހިބަހުގެ އަދީބެއް، ތާރީހު ދުށް ކުޅަދާނަ ލިޔުންތެރިއެއް: ރައީސް

މަރުހޫމް މަޑުލު މުޙައްމަދު ވަހީދު --

މަޑުލު މުޙައްމަދު ވަހީދަކީ، ދިވެހިބަހުގެ އަދީބެއްގެ އިތުރުން ދިވެހިރާއްޖޭގެ ފަހުގެ ތާރީގު ދުށް ކުޅަދާނަ ލިޔުންތެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަހީދު އަވަހާރަވި ހަބަރު އެހީ ފުން ހިތާމައާއި އެކުގައި ކަމަށެވެ.

"މަރުހޫމް މަޑުލު މުޙައްމަދު ވަހީދަކީ، ދިވެހިބަހުގެ އަދީބެއް، ދިވެހިރާއްޖޭގެ ފަހުގެ ތާރީހު ދުށް ކުޅަދާނަ ލިޔުންތެރިއެއް، ތަރުޖަމާ ކުރުންތެރިއެއް، އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހިދުމަތުގައި ދެމި ހުންނެވި ފަރުވާތެރި ހިދުމަތްތެރިއެއް،" ރައީސް ވިދާޅުވި އެވެ.

މަޑުލުވަހީދަށް ލިބިލައްވާފައިވާ ބައެއް ކާމިޔާބީތައް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެގޮތުން ލިޔުންތެރި ކަމަށް ހިދުމަތް ކުރުމުގެ ރޮނގުން 1985 ވަނަ އަހަރު އާންމު ހިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ކަމަށާއި ކުރުވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު އާންމު ހިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވެ އެވެ.

އޭގެ އިތުރުން ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރި އެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފުވެރި ކަމުގެ އިނާމު ހާސިލު ކުރެއްވުމާއި އަދި ދިވެހި ނޫސްވެރި ކަމުގެ އަލިމަސް ގަލަން ވެސް ވަހީދަށް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ގިނަ ދަރިވަރުން ތަކަކަށް ކިޔަވައި ދެއްވާފައި ވޭ، ބައި ގަރުނަށް ވުރެ ދިގު މުއްދަތަކު ގައުމަށް އެ ކޮށްދެއްވި އަގުހުރި ހިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމިހުންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ޕޯސްޓުގައި ނިންމަވާލައްވާފައި ވަނީ މަރުހޫމް މަޑުލު މުޙައްމަދު ވަހީދުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މާތްﷲ މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވަމުންނެވެ.

އުމުރުން 77 އަހަރުގައި މަޑުލު މުޙައްމަދު ވަހީދު އަވަހާރަވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

55 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy