--
އދ. މާމިގިލީގައި ފުލުހުންގެ މަރުކަޒު ބިނާ ކުރުމަށް ފުލުހުންނާއި ވިލާ ފައުންޑޭޝަނާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށް، ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި އެވެ.
މާމިގިލީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ފުލުހުންގެ މަރުކަޒު ބިނާ ކުރުމުގެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރައްވައި، ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. ވިލާ ފައުންޑޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިސް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްއެވެ.
މާމިގިލީގައި ބިނާ ކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒަކީ ގާސިމް އިބްރާހީމްގެ ހިލޭ އެހީގެ ދަށުން ބިނާ ކޮށްދެއްވާ މަރުކަޒެކެވެ.
މި މަރުކަޒުގައި އޮފީސް އިމާރާތާއި، ފުލުހުންގެ އެކަމޮޑޭޝަން އަދި މެސްރޫމް ވެސް ހިމެނެ އެވެ. މި އިމާރާތް ނިންމައި ފުލުހުންނާ ހަވާލު ކުރުމަށް ހަމަޖެހިފައި ވަނީ އިއްޔެއިން ފަށައިގެން އެއް އަހަރު ދުވަހުގެ ތެރޭގަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް