އެމްޑަބްލިއުއެސްސީގެ އެކުވެރި ރޯދަ :30 އުމްރާ ދަތުރު ލިބޭ ފަރާތްތަކަށް ވަނީ ލިޔުން ހަވާލުކޮށްފައި —
އެމްޑަބްލިޔުއެސްސީއަށް 30 އަހަރު ފުރޭ އަހަރު ކަމަށްވުމާއި އެ މުނާސަބަތާއި ރޯދަ މަހާ ގުޅުވައިގެން "އެކުވެރި ރޯދަ 30" ގެ ނަމުގައި އެ ކުންފުނިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގައި އުމްރާ ދަތުރެއް ލިބޭ ތިން ނަސީބުވެރި ފަރާތް ހޮވައި އެ ފަރާތް ތަކަށް ރަސްމީ ލިޔުން ހަވާލުކޮށްފި އެވެ.
އެމްޑަބްލިޔުއެސްސީގެ އެޕް މެދުވެރިކޮށް ބިލު ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަންގެ ތިން ނަސީބު ވެރިންނަކީ، ޝަމްރޫޒް އިބްރާހީމް، ދަފްތަރު ނަންބަރު ދރ 1672 އާއި މުޙައްމަދު ސަރާޙް، އުދަރެސް، ތ. ތިމަރަފުށި، އަދި އަލީ ނާޒިމް ގ. ރަންދެލިގެ އެވެ.
އިއްޔެ އެމްޑަބްލިޔުއެސްސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މި ތިން ފަރާތާއި އުމްރާ ދަތުރު ލިބުނު ކަމުގެ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކުންފުނީގެ ޗެއާ ޕާސަން ޝަމްހޫޒާ އަހުމަދާއި، ބޯޑްގެ މެމްބަރުންނެވެ.
މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުޙައްމަދާއި ސީނިއަ މެނޭޖުމަންޓް ޓީމު އަދި މުވައްޒަފުން ބައިވެރިވި އެވެ.
އެމްޑަބްލިޔުއެސްސީން ބުނީ ރަމަޟާން މަހާއި ގުޅުވައިގެން އެ ކުންފުނީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސް ކޮށްދިނުމާއި އެކު، ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިއުއެސްސީ ގެ އެޕަށް އަހުލުވެރި ކުރުމުގެ ގޮތުން މި އަހަރުގެ މާޗު މަހުގެ އެކަކުން 31 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މިޕްރޮމޯޝަންގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ ޑޮމެސްޓިކް ކަސްޓަމަރުން ބައިވެރިވެ، ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.
އުމްރާ ދަތުރު ލިބުނު ފަރާތް ތަކުން އެ ދަތުރު ބޭނުން ނުކުރެވޭ ނަމަ، އެހެން މީހަކަށް ބަދަލު ކުރުމުގެ ފުރުސަތު ދޭނެ ކަމަށާއި ނަމަވެސް، އުމްރާ ދަތުރު ފައިސާއަށް ބަދަލު ނުކުރެވޭނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
"މި ފުރުސަތުގައި "އެކުވެރި ރޯދަ 30: އުމްރާ 3 ދަތުރު" ގެ ނަމުގައި ކުރިޔަށް ގެންދެވުނު ހާއްސަ ޕްރޮމޯޝަންގައި ބައިވެރިވެ ގުރުއަތުން ހޮވުނު ތިން ފަރާތަށް އެ ކަން ފާހަގަކޮށް، މި ކުންފުނީގެ ބޯޑް މެންބަރުންނާއި މެނޭޖުމަންޓާއި އަދި މުވައްޒަފުންގެ ނަމުގައި އުފަލާއެކު މަރުހަބާ ދަންނަވަން،" އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މި ފަރާތްތަކަށް އުމްރާ ދަތުރު ހަމަޖައްސައިދެވޭނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް