ޣައްޒާގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ 6 މީހުން ޝަހީދުކޮށްލައިފި

ވެސްޓްބޭންކު: ޖޫން 11، 2024، އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިން ކައިރީގައި އޮންނަ ކަފްރް ޑާންގައި ފަލަސްތީނު މީހުން ޝަހީދުކޮށްލި ހަމަލާގައި އިސްރާއީލު ސިފައިން ހަމަލާ ދިން އިމާރާތް. ފޮޓޯ: ރޮއިޓަރސް

ހުޅަނގު އައްސޭރީގެ އުތުރުގެ އަވަށެއް ކަމަށްވާ ކްފަރު ޑާންގައި އިސްރާއީލުގެ އަސްކަރިއްޔާއިން އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ހަ ފިރިހެނުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އާއި ރެޑް ކްރެސެންޓުން ބުނެފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އަންގާރަ ދުވަހު އެ ސަރަހައްދުގައި "ކައުންޓާ ޓެރަރިޒަމް އެކްޓިވިޓީއެއް" ހިންގާފައިވާ ކަމަށާއި އެ ހަރަކާތުގައި ބަދަލުކުރި ހަމަލާތަކުގައި ހަތަރު ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ.

ރާމަاللهގައި ހުންނަ ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 21 އަހަރާއި 32 އަހަރާ ދެމެދުގެ ފިރިހެނުންތަކެއްގެ ގަޔަށް "ޖެނިން ޑިސްޓްރިކްޓްގެ ކަފްރް ޑާން އަވަށުގައި އިސްރާއީލު ސިފައިން ބަޑި ޖަހާފައިވާ" ކަމަށެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނީ ކަފްރް ޑާން އިން ޝަހީދުވެގެން ހަ މީހަކު ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން ތިން މީހަކު ޝަހީދުވެފައިވަނީ އެމީހުން ދިރިއުޅޭ ގެއަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކެއް ގައެވެ.

އިސްރާއީލުގެ އަސްކަރިއްޔާ އިން ބުނީ ފަލަސްތީނުގެ ހަނގުރާމަވެރިން ބޭނުންކުރާ އިމަރާތެއް ސިފައިން ވަށާލާފައިވާ ކަމަށާއި، އެތަނަށް ސިފައިން ދިން ހަމަލާތަކުގައި ހަތަރު މީހަކު މަރުވެ އިތުރު މީހުން ޒަޚަމްވެފައިވާ ކަމަށާއި އިސްރާއީލުގެ ވައިގެ ސިފައިންގެ ހެލިކޮޕްޓަރެއް އެ އިމާރާތަށް ސަރަހައްދަށް ހަމަލާދީފައިވާ ކަމަށެވެ. އިސްރާއީލު ސިފައިން އިތުރަށް ބުނެފައިވަނީ ހަތިޔާރު އަދި އެތައް ގޮވާތަކެއްޗަކާއި، ގޮވާތަކެތި އަޅާ ބަރާކޮށްފައިވާ އުޅަނދެއް އެ އިމާރާތުގެ ތެރެއިން  ފެނިފައިވާ ކަމަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

25 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy