އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު --
ކިޔަވައިދޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅު ކުރުމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި މިއަދު ހިތާބުގައި މިނިސްޓަރު ވިދާޅުވީ މި ފެށުނު ދިރާސީ އަހަރުގެ ތެރޭގައި އެންމެ ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ މަސައްކަތަކީ ދަރިވަރުންނަށް އުނގަންނައިދެވޭ ކޮންޓެންޓްގެ ފެންވަރު ރަގަޅު ކުރުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކިޔަވައިދޭ ކޮންޓެންޓްގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ޓަކައި ވަކި ވަކި މާއްދާ ތަކުގެ މުގައްރަރުތައް އަލުން މުރާޖައާކޮށް، ކޮންމެހެން ގެންނާން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް މިހާރު ކުރިއަށް ދާނެ ކަމަށެވެ.
މީގެ އިތުރުން ދާއިރާގެ އިލްމާއި ތަޖުރިބާ ލިބިފައިވާ މުދައްރިސުންނާއި ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަމާ އެކު، ކީ ސްޓޭޖް ހަތަރެއްގެ މާއްދާ ތަކުގެ ޓެކްސްޓް ފޮތް ތަކާއި މަސައްކަތު ފޮތް ތަކާއި، ޑިޖިޓަލް ކޮންޓެންޓު އެކުލަވާލުމުގެ އަމަލީ މަސައްކަތް ވެސް މި އަހަރުގެ ތެރޭގައި ފެށިގެން ކުރިއަށް ދާނެ ކަން މިނިސްޓަރު ޝަފީއު ފާހަގަ ކުރެއްވި އެވެ.
ބޮޑު ޗުއްޓީއަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ވަނީ ފަށާފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ 217 ސުކޫލެއްގައި ޕްރީސްކޫލް އިން ފަށައިގެން ގްރޭޑް 12އާ ހަމައަށް 90،000 އެއްހާ ދަރިވަރުން މި އަހަރު ތައުލީމް ހާސިލް ކުރާ ކަމަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް