ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފަށައިފި

--

ބޮޑު ޗުއްޓީއަށްފަހު ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރާއްޖޭގެ 217 ސުކޫލެއްގައި ޕްރީސްކޫލް އިން ފަށައިގެން ގްރޭޑް 12އާ ހަމައަށް 90،000 އެއްހާ ދަރިވަރުން މިއަހަރު ތައުލީމް ހާސިލް ކުރާ ކަމަށެވެ.

މީގެ އިތުރުން 5000 އެއްހާ ދަރިވަރުން މި އަހަރު އަލަށް ގްރޭޑް އެކަކަށް ވައްދައިފައިވާ ކަމަށާއި އޭގެ ތެރެއިން 2000 އެއްހާ ދަރިވަރުންނަކީ މާލެ ސަރަހައްދުގެ ސްކޫލް ތަކަށް އަލަށް ވައްދައިފައިވާ ކުދިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ގިނަ ބަދަލު ތަކަކަށްފަހު، އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރި އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމުގައި ޗުއްޓީއަށް ދަރިވަރުން ދާނީ ޖުލައި 24ގަ އެވެ. އަދި ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓު ދިހައެއްގަ އެވެ.

މި ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ފަށާނީ ޑިސެމްބަރު 28 ގައެވެ. 2026 ވަނަ އަހަރުގެ ޖެނުއަރީ 27 އަކީ އަންނަ އަހަރުގެ ކިޔެވުން ފެށުމަށް އެކަޑަމިކް ކަލަންޑަރުގައި ކަނޑައަޅައިފައިވާ ދުވަހެވެ.

މިދިޔަ އަހަރުގެ ކިޔެވުން ނިންމުމަށް ފަހު ދަރިވަރުންނާއި މުދައްރިސުން ބޮޑު ޗުއްޓީ އަށް ދިޔައީ ފެބްރުއަރީ 27 ގަ އެވެ. ރޯދަ އާއި އީދު ބަންދާއެކު ބޮޑު ޗުއްޓީއަށް 38 ދުވަސް ބަންދުކޮށް ދަރިވަރުންނަށް ލިބިފައިވެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

43 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy