ލިވަޕޫލްގައި ކިޔަވާ ދަރިވަރުންނާ ރައީސް ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ލިވަޕޫލްގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނާ ބައްދަލު ކުރައްވައިފި އެވެ.
ރައީސް އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން މިއަދު މެންދުރު ދިވެހި ދަރިވަރުންނާއެކު ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި، ދަރިވަރުންގެ ތައުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާ ތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވި އެވެ. އަދި، މަތީ ތައުލީމް ހާސިލު ކުރަމުން އަންނަ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ހައްލު ކޮށްދެއްވުމުގައި ސަރުކާރުން ހާއްސަ ސަމާލު ކަމެއް ދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އެ ދަރިވަރުންނަށް ދެއްވާފަ އެވެ.
ދިވެހި ދަރިވަރުންނާ މި ގޮތަށް ބައްދަލު ކޮށްލެއްވުމުން ހިތްޕުޅު ހަމަޖެހިވަޑައިގެންނެވި ކަމަށާއި، އެ ދަރިވަރުން މަތީ ތައުލީމް ހާސިލު ކުރުމުގައި ލިބިފައިވާ ކާމިޔާބީ ތަކާއިމެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ. އަދި، ގައުމުގެ ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުން ތަކާއި، އެކަން ކަމަށް ސަރުކާރުން އަޅަމުން ގެންދަވާ ފިޔަވަޅު ތަކުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރައްވާ މިފަދަ ދަތުރުފުޅު ތަކުގައި ވަޑައިގަންނަވާ ގައުމު ތަކުގައި ދިރިއުޅެމުން އަންނަ ދިވެހިރައްޔިތުންނާ އަދި އެ ގައުމުތަކުގައި ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނާ ބައްދަލު ކުރެއްވުމަކީ އެ މަނިކުފާނު ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެކެވެ.
އެ ބައްދަލުވުން ތަކުގައި ދިވެހީންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް އޮޅުންފިލުއްވައި، އެ ކަމަށް ހައްލުތައް ހޯއްދަވައި ދެއްވުމަށް އެ މަނިކުފާނު ހާއްސަ އިސްކަމެއް ދެއްވަވަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް