ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތައް، އެ ވިޔަފާރި ދޫކޮށްލަން ރައީސް ގޮވާލައްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން، އެ ވިޔަފާރި ދޫކޮށްލަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ގޮވައިލައްވައިފި އެވެ.

އެ މަނިކުފާނު މިކަމަށް ގޮވައިލެއްވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަށައިގެން ކުރިއަށް ގެންދާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދުންފަތުގެ ބާވަތް ތަކުގެ އަގު ބޮޑު ކުރުމުގެ މައިގަނޑު މަފްހޫމަކީ އެކަމުން ރައްޔިތުން ސަލާމަތް ކުރުން ކަމަށާއި އެކަމަކީ ފަހަރަކު ތަންކޮޅެއް ޓެކްސް ބޮޑުކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެހެން އެކަން ކޮށްފި ނަމަ އެއީ ސިނގިރޭޓު އެތެރެ ކުރާ މީހުންނަށް އެއިން ބޮޑުވާބައި ހަމަޖައްސައިގެން، ވިއްކަމުންދާން ލިބޭނެ ފުރުސަތެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ހާއްސަކޮށް ޅަދަރީންނާއި ތުއްތުކުދިން އެ ނުރަނގަޅު އާދައިގެ ތެރެއަށް ދާން ދޫކޮށްލައިގެން ސަރުކާރެއް އޮންނާންވީ ސަބަބެއް އެ މަނިކުފާނަށް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެހެން ގައުމުތަކުގައި ވެސް ވާހެން ރާއްޖޭގައި ވެސް ޒުވާން ކުދީން ދުންފަތުގެ އިސްތިއުމާލުގެ ތެރެއަށް ގޮސް ދެން އެއިން ސަލާމަތް ނުވެގެން އުޅެންޖެހޭ މަންޒަރު ފެންނާތީ ހިތާމަ ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެން ސިނގިރޭޓު އެތެރެކޮށް، ސިނގިރެޓު ވިޔަފާރި ކުރާ މީހުން އެ ވިޔަފާރި ދޫކޮށްލަން، އެހެން ކަމަކައިގެން އުޅެން، މީކީ ކުރާވަރު ކަމެއް ނޫން، މިއީ ކުޑަކުޑަ ގައުމެއް، މިލިއަނުން މިލިއަނުން މީހުން އުޅޭ ތަނެއް ނޫން، ކީއްކުރަން މިތަނުގައި އެކަން ކުރަންވީ، އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމައު މިކަމުން ސަލާމަތް ކުރިއްޔާ މާ ރަނގަޅު ނޫންތޯ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

36 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy