ބީއެމްއެލްގެ އެހީގައި ހދ. ކުރިނބީގައި ހަދާފައިވާ އައުޓް ޑޯ ޖިމް -- ފޮޓޯ/ ބީއެމްއެލް
އަންނަ އަހަރުގެ ނިޔަލަށް ކޮންމެ ރަށެއްގައި ވެސް އައުޓްޑޯ ޖިމެއް ގާއިމު ކުރެވޭނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިކަން ހާމަ ކުރެއްވީ "ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަށައިގެން ކުރިއަށް ގެންދާ ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވަނީ އައުޓްޑޯ ޖިމްގެ އިތުރުން ކުޑަކުދީން ވެސް ބޭރަށް ނުކުމެ ހަރަކާތްތެރިވެ އުޅުމަށާއި، އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް، ކުޑަކުދީންގެ ޕާކްތައް ހަދަމުންދާކަން ވެސް ފާހަގަ ކުރައްވާފަ އެވެ. ވިދާޅުވީ އެ ކަމުގެ ސަބަބުން ސިކުނޑިއަށް ވެސް ހަމަޖެހުން ލިބިގެންދާނެ ކަމަށެވެ.
އޭގެ އިތުރުން މި މަސައްކަތުގެ ތެރެއިން މާލޭގެ ހަލާކުވެފައިވާ ޕާކުތައް މަރާމާތު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ސަލްޓަން ޕާކް މަރާމާތު ކުރުމަށް ކުރައްވާނެ މަސައްކަތްތަކުގެ ތަފުސީލީ މައުލޫމާތު ވެސް އެ މަނިކުފާނު ވަނީ ހިއްސާ ކުރައްވާފަ އެވެ. މި ގޮތުން އެ ޕާކް ތަރައްގީ ކުރައްވާނީ "އެޑްވެންޗަރަސް" ކަންކަން ހިމަނައިގެން ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ ކުޅިވަރާ ގުޅުންހުރި މަޝްރޫއުތައް ހިންގަނީވެސް "ޕްރިވެންޓިވް ހެލްތު ކެއާ"އަށް މަގުފަހި ކުރުމުގެ މަގުސަދު ހާސިލު ކުރެވޭނެ ގޮތަށް ކަމަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް