މި އަހަރުގެ އީދު ދިއްލުން ނިކަން ފުރިހަމަ ވާނެ: އާދަމް ޝަރީފު

ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ އީދު ދިއްލުމުގެ ހަރަކާތް ވެސް ވަރަށް ފުރިހަމަ ވާނެ ކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން އާދަމް ޝަރީފު ވިދާޅުވީ އީދު ދިއްލުމުގެ ހަރަކާތަކީ ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވި އިރު، ފެއްޓެވި ހަރަކާތެއް ކަމަށާއި، އަދި ކުލަ ބޮކި ތަކާއި، ގިޑިގެ ތަކާއި، ﷲއަކުބަރުގެ ނަޣުރާގެ އަޑު އިވޭހެން ކުރިއަށް ގެންދިޔަ މި ހަރަކާތް ވެގެން ދިޔައީ މާލޭސިޓީގެ ގިނަ ބަޔަކު ބަލައިގަތް މުހިން ހަރަކާތަކަށް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އެ މަންޒަރު އޭރު، ބަލާން ތިބި ރަށްރަށުގެ މީހުން ވެސް، ރައީސްގެ އަރިހުން އެ ކަމަށް އެދެން ފެށި ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މި ދިޔަ އަހަރުގެ އީދު ދިއްލުން އަތޮޅު ތަކަށް ފުޅާކޮށް، މާލޭސިޓީގެ އިތުރުން އަތޮޅު ތަކުގެ މައި ރަށް ރަށާއި، ސިޓީތައް ދިއްލުމުގެ ހަރަކާތް ކުރިއަށް ގެންދިޔަ ކަމަށެވެ.

ހަމަ އެ ބީދައިން މި އަހަރު ވެސް އީދަށް ދިއްލުމުގެ ހަރަކާތް، ރަށްތައް އިތުރުކޮށް، ޖުމުލަ 65 ރަށެއްގައި އީދު ދިއްލުން ކުރިއަށް ދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ އަތޮޅު ތެރޭގެ ތަފާތު ރަށްރަށުން މިހާރު ވެސް އީދު ލައިޓް ހޯދުމަށް ގުޅަމުން އަންނަ ކަމަށެވެ. އަދި ދިއްލުމުގެ ހަރަކާތުގެ އިތުރުން 200 ވަރަކަށް ޕްރޮޖެކްޓު އެ މިނިސްޓްރީން މި އަހަރު ތެރޭ ކުރިއަށް ގެންދާން ނިންމައި، ބައެއް ޕްރޮޖެކްޓު ތަކުގައި ހިމެނޭ ބައެއް ތަންތަނުގެ ބިންގާ އެޅި، ސިވިލްވޯކް މަސައްކަތް ފެށުމަށް ކައުންސިލްތަކާ ގުޅިގެން މަސައްކަތް ތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 31 އެވެ.

އާދަމް ޝަރީފް ވިދާޅުވީ މި މަހުގެ 29 ވަނަ ދުވަހުގެ ރެއިން ފަށައިގެން އީދު ލައިޓްތައް ދިއްލަން ފަށާނެ ކަމަށާއި އެ ގޮތުން ރާއްޖޭގެ 65 ރަށެއް، އީދު އަލިން ދިއްލާލާނެ ކަމަށެވެ.

މި އަހަރުގެ އީދު އަލި، ދިއްލުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޮޑު އިވެންޓެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. 29 ވަނަ ދުވަހުގެ ރޭ ބާއްވާ މި އިވެންޓުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

38 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy