އައްޑޫ ކަރަންޓު މައްސަލަ: 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް ފޮނުވައިފި

އައްޑޫއަށް އިތުރު ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ކުރަނީ -- ފެނަކަ ފޮޓޯ

އައްޑޫ ސިޓީން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ސިޓީއަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި އެވެ.

އައްޑޫއަށް ކަރަންޓު ފޯރުކޮށްދެނީ ފެނަކައިންނެވެ. އައްޑޫގައި 18 ވަރަކަށް ޖަނަރޭޓަރު ބަހައްޓައިގެން ކަރަންޓުގެ ހިދުމަތް ދެމުންދާއިރު ވެސް އެ ސިޓީން ދޭތެރެ ދޭތެރެއިން ކަރަންޓު ކަނޑާލަން ޖެހެ އެވެ. މި މައްސަލަ ދިމާވަނީ ޖަނަރޭޓަރުތައް ރަނގަޅަށް އޯވަހޯލް ނުކޮށް ގިނަ އަހަރު ތަކެއް ވުމުން އެ ޖަނަރޭޓަރު ތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްގެންނެވެ.

ފެނަކައިން މީޑިއާއަށް މައުލޫމާތު ދެމުން ވަނީ 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް މިއަދު ހެނދުނު އައްޑޫއަށް ފޮނުވާފައިވާ ކަމަށާއި މާދަމާގެ ވަތުތެއްގައި އެ ޖަނަރޭޓަރު އައްޑޫ ސިޓީއާ ހަމައަށް ފޯރާނެ ކަމަށެވެ.

އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މި ސަރުކާރުން ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު ވަނީ ޗައިނާގެޑޮންފަންގް އިލެކްޓްރިކް ކޯޕަރޭޝަނާ ހަވާލު ކޮށްފަ އެވެ. އެ ކުންފުންޏާ ހަވާލު ކުރީ 32 މެގަވޮޓުގެ ޕަވާ ޕުލާންޓަކާއެކު ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑު ކުރުމެވެ.

ފެނަކައިން ބުނެފައިވާ ގޮތުގައި އެ މަޝްރޫއު އެއްކޮށް ނިމުމުން އައްޑޫން ކަރަންޓު ކެނޑޭ މައްސަލައަށް ދާއިމީ ހައްލެއް ކުރިއަށް އޮތް 20 ވަރަކަށް އަހަރަށް ލިބޭ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

42 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy