މެޑިސިން ކިޔަވާ ދަރިވަރުން، އިންޓާންޝިޕް ހެދުމަށް ހުރި ދަތިތައް ހައްލުކޮށްފި

--

މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓާންޝިޕް ހެދުމަށް ހުރި ދަތިތައް ހައްލުކޮށްފި އެވެ.

މީގެ ކުރިން ދިވެހި ދަރިވަރުން ބަންގްލަދޭޝްއިން އެމްބީބީއެސް އިންޓާންޝިޕް ފުރުސަތު ލިބެނީ ހަމައެކަނި ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ނުވަތަ ޝޭރް-އޭ-ބަންގްލާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުންނެވެ.

ހެލްތް މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އާއި ފޮރިން އެފެއާޒު ގުޅިގެން ބަންގްލަދޭޝްގައި އެމްބީބީއެސް އިންޓާންޝިޕް ފުރުސަތުތައް ހޯދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އިތުރު ފަސް ކޮލެޖެއްގައި ދިވެހި ދަރިވަރުންނަށް އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެއީ،

1. ސިލެޓު އެމްއޭޖީ އޮސްމާނީ މެޑިކަލް ކޮލެޖު

2. މައިމެންސިންހު މެޑިކަލް ކޮލެޖު

3. ރަޖްޝާނީ މެޑިކަލް ކޮލެޖު

4. ޝަހީދު ޒިއައުރު ރަހުމާން މެޑިކަލް ކޮލެޖު، ބޮގުރާ

5. ކޮކްސަސް ބާޒާރު މެޑިކަލް ކޮލެޖު، މިއެވެ.

މިނިސްޓްރީން ބުނީ މި ފަސް ކޮލެޖަކީ ވެސް ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލު ކުރާ ކޮލެޖްތައް ކަމަށެވެ.

މި ގޮތުން ބަންގްލަދޭޝް އިން އިންޓާންޝިޕް ޕްލޭސްމަންޓް ހޯދަން ބޭނުންވާ ދަރިވަރުން އީމެއިލް ކުރަން ޖެހޭނީ މިނިސްޓްރީގެ training@health.gov.mv މެއިލް އަށެވެ.

އިންޓާންޝިޕް ފުރުސަތު ރާއްޖެއިން ވެސް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރެވޭއިރު، މި އަހަރު އިތުރު ސަރުކާރު ހޮސްޕިޓަލް ތަކުގައި އިންޓާންޝިޕް ފެށުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

27 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy