"މި އަހަރު ނިމެންވާއިރު ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ހުންނާނެ"

--

މި އަހަރު ނިމޭއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްއެއް ބަހައްޓާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވީ ހއ. އުތީމުގައި އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި އަހަރަކީ ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ދޭން ފެށިތާ 25 އަހަރު ފުރޭ އަހަރެވެ.

ޝަރީފް ވިދަޅުވީ މިދިޔަ 25 އަހަރު ތެރޭގައި ނުބެހެއްޓޭ ވަރަށް އޭޓީއެމް ރަށްރަށުގައި ބަހައްޓާ އެއަށްވުރެ ބޮޑު ނެޓްވޯކެއް މިއަހަރު ނިމެންވާއިރަށް ރާއްޖޭގައި ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

"މި އަހަރު ނިމެންވާއިރު 250 އޭޓީއެމް ރާއްޖޭގައި ހުރިހާ ރަށް ތަކެއްގައި ހުންނާނެ، އަދި ހަމަ އެއާއެކު ބޭންކުގެ ހިދުމަތްތައް އިތުރަށް ފުޅާވެގެން ގޮސް ފަސޭހައިން ރަށްރަށުގައި ތިބެގެން ހިދުމަތް ލިބޭނެ ގޮތް ފަހިވެގެންދާނެ،" ޝަރީފް ވިދާޅުވި އެވެ.

މި އަހަރުގެ ނިލަޔަށް ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކެއްގައި ވެސް އޭޓީއެމް ހުޅުވިގެންދާނެ ކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ އެހެން ކަމުން މިއީ ރާއްޖޭގެ އިގުތިސޯދާއި ވިޔަފާރި ތަކުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާ ވެގެން ދާއިރު، ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ މި މަސައްކަތް ނިމުމުން، ކޮންމެ ރަށަކުން ވެސް ފައިސާ ނެގުމާއި ޖަމާ ކުރުމާއި އެކައުންޓް ތަކަށް ފައިސާ ޓްރާންސްފާ ކުރުމާއި ލޯނަށާއި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުން ފަދަ މުހިންމު ހިދުމަތްތައް ލިބޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެންވަޔަރަންމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހީން މިއަދު ހާސިލު މި ކުރަނީ ރައީސް މުއިއްޒުގެ ދުރު ވިސްނުންފުޅުގައި ހުރި ވަރަށް މުހިއްމު ލަނޑުދަނޑިތަކެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ރައީސަކު ރައްޔިތުންނަށް ބޭނުންވާ މިކަހަލަ މުހިއްމު ކަންތައްތައް ދެނެވަޑައިގެން އެކަންކަން ވީހާ ވެސް އަވަހަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ކަމީ އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާންޖެހޭ ކަމެއް، މިއީ ރައްޔިތުން އަބަދު ވެސް ބަލައިގަންނަ ކަމެއް، އެކަމަށް ޓަކައި ރައީސަށް ޝުކުރު ދަންނަވަން،" ތޯރިގު ވިދާޅުވި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރު ނިމުމުގެ ކުރިން އޭޓިއެމްތައް ބެހެއްޓުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

26 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy