ކިއުގައި ތިބި އެންމެންނަށް މި އަހަރު ހައްޖަށް ދެވޭނެ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު-- ފޮޓޯ/ ރައީސް އޮފީސް

ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެންނަށް މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ކިއުގައި ތިބި އެންމެހައި ފަރާތް ތަކަށް މި އަހަރު ހައްޖަށް ދެވޭނެ ކަމަށެވެ.

އަދި މިއީ ޒަމާން ތަކަކަށް ފަހު، އެ އަހަރެއްގައި ކިއުގައި ޖެހިފައިތިބި، އެންމެނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރު ކަމަށް ރައީސް ވިދާޅުވި އެވެ.

"މި އަހަރު ހައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެހައި ފަރާތް ތަކަށް މި އަހަރު ހައްޖަށް ދެވޭނެ، އިންޝާ ﷲ، އަދި މިއީ ޒަމާން ތަކަކަށް ފަހު، އެ އަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން ރާއްޖެއަށް ހައްޖު ކޯޓާގެ ގޮތުގައި ރަސްމީކޮށް ލިބޭ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނަށް ދިނުމަށް ރައީސް ވަނީ ނިންމަވައިފަ އެވެ.

އޭގެ އިތުރުން ރައީސް ވަނީ ދާދި ފަހުން ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެންނަވާފަ އެވެ.

އެ އުސޫލަށް ގެނައި މައިގަނޑު ބަދަލު ތަކުގެ ތެރޭގައި އަލަށް ހައްޖުގެ އަޅުކަން އަދާ ކުރާން އެދޭ ފަރާތް ތަކަށް އިސްކަންދިނުމާއި ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންގެ ތެރެއިން އުމުރުން 65 އަހަރުން ފެށިގެން މަތީގެ މީހުންނަށް ކޮންމެ އަހަރަކު ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ހާއްސަ ކުރުމާއި ފަރުލު ހައްޖުވެފައިވާ މީހުންނަށް ދެން ފުރުސަތު ލިބޭނީ އެންމެ ފަހުން ހައްޖު ވިތާ ހިޖުރީ ސަނަތުން ފަސް އަހަރު ވުމުން ކަމަށް ކަނޑައެޅުމެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

33 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy