ރައީސް މިއަދު ތެލެސީމިއާ ސެންޓަރަށް ވަޑައިގަތުން --
ރައީސް ޑރ. މުޙައްމަދު މުއިއްޒު، މިއަދު ހެނދުނު ނެޝަނަލް ތެލަސީމިއާ ސެންޓަރަށް ޒިޔާރަތް ކުރައްވައި، އެ ތަނުގެ ހާލަތު ބައްލަވައިފި އެވެ.
އެ މަނިކުފާނު ތެލެސީމިއާ ސެންޓަރަށް މި ވަޑައިގަތީ އެ ތަނުން ދޭ ހިދުމަތްތަކާމެދު ހިތްހަމަ ނުޖެހިގެން ތެލެސީމިއާ ކުދީންގެ ބެލެނިވެރިންނާއި ތެލެސީމިއާ މީހުން، ރޭ އަޑުއުފުލާ އިހުތިޖާޖު ކުރުމާ ގުޅުވައިގެންނެވެ.
މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އެ ވަގުތު ލޭ އަޅަން ސެންޓަރުގައި ތިބި ޕޭޝަންޓުންނާއި، ބައްދަލު ކުރައްވައި އެ ފަރާތް ތަކުގެ ކަންބޮޑުވުންތައް ބައްލަވާފަ އެވެ.
އަދި އެ މަނިކުފާނު ވަނީ އެ ކަންކަމަށް އެންމެ އެދެވޭ އަވަސް ހައްލު ހޯދައިދެއްވުމަށް ކުރެވެން ހުރި ކަންކަން އޮޅުންފިލުއްވައި ސަރުކާރުން އެ ކަންކަން ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މީގެ އިތުރުން ރައީސް ވަނީ ތަނުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައި ހުރިހާ ޑިޕާޓްމެންޓެއްގެ ހާލަތު ބައްލަވައިލައްވައިލައްވާފަ އެވެ.
މި ބައްދަލުކުރެއްވުމަށްފަހު އެ މަނިކުފާނު ވަނީ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނަށް މިހާރުން މިހާރަށް އެޅަންޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަސްކޮށް އެޅުއްވުމަށް އިރުޝާދު ދެއްވާފަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް