ސިނގިރެޓަށް އަހަރަކު 1.8 ބިލިއަން ރުފިޔާ ހޭދަކުރޭ، މިއީ 9 ހޮސްޕިޓަލް އެޅޭނެ ފައިސާ - ޙަލީލް

----

ސިނގިރެޓް ބުއިމަށް އަހަރަކު 1.8 ބިލިއަން ރުފިޔާ މީހުން ހޭދަ ކުރާ ކަަމަށާއި، މި ފައިސާއިން 9 ހޮސްޕިޓަލް އެޅޭނެ ކަމަށް ސިއްހީ ވަޒީރު ޑރ. އަބްދުﷲ ޙަލީލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ރޭ ނ. މަަނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ، ރާއްޖޭގައި ތަފާތު ބަލިތައް އިތުރުވާ ވާހަކަދައްކަމުންދާ ކަމަަށާއި، އެ ބަލިތަކުގެ ސަބަބުން ޖީލުތަކަށް ބާރުބޮޑުވާ ވާހަކަވެސް ދެކެވެމުންދާ ކަަމަށެވެ. އަދި އެ ބަލިތައް ރައްްޔިތުންގެ ތެރޭގައި ފެތުރިގެންދާތީއާއެކު، ދައުލަތުގެ ހަޒާނާއަށް ބާރުބޮޑުވާ ކަމުގެ ވާހަކަވެސް ދެކެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ދެން އުފައްދަން ޖެހޭ ސުވާލަކީ ކޮބާހޭ ހައްލު، އެ ހައްލު އޮތީ އަޅުގަނޑުމެންގެ އަތުގައި، އަޅުގަނޑުމެން އެ ހައްލުގައި ހިފާނަން، އެ ހައްލުގައި އަޅުގަނޑުމެން ހިފައިފިއްޔާ އަޅުގަނޑުމެން ކުރަން ޖެހޭ ވަރަށް ގިނަ ހަރަދުތައް، އާއިލާތައް ތަހައްމަލު ކުރަން ޖެހޭ ވަރަށް ގިނަ ތުރާތަކަކުން، އާއިލާތައް ކުރިމަތިލާން ޖެހޭ ވަރަަށް ގިނަ ހިތާމަތަކަކުން ސަލާމަތް ވެގެން ދޭ،". އޭނާ ވިދާޅުވިއެެވެ.

ޙަލީލް ވިދާޅުވީ، ބައެއް ކުދިން އެންމެ އަށް އަހަރުގައި ދުންފަތުގެ އިސްތިއުމާލާއި، ވޭޕް ކުރަން ފަށާ ކަމަށެވެ. އަދި ވަރަށް ގިނަ ގޭބިސީތަކުގައި ވޭޕްއަކީ މާ ބޮޮޑު ކަންބޮޑުވުމެއް އޮތް އެއްޗެއް ނޫން ކަމަށާއި، ވަރަށް ގިނަ ގޭބިސީތަކުން ވޭޕް ގޭގެ މޭޒުމަތީގައި އޮއްވާ ފެންނަ ކަަމަށްވެސް ވިދާޅުވިއެވެ.

"މިއީ ބެލެނެވެރިންގެ ބައެއް ވާހަކަަތަކުން އަޅުަގަނޑުމެންނަށް އެނގިފައި ހުރި ވާހަކަތައް މި ދަންނަވަނީ، އެކަމަކު މީގެ ނުރައްކާތެރި ހުރި މިންވަރަކީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވޭޕް ދަނީ މަނާ ކުރަން، ބޭނުން ކުރުން މަނާ ކުރަމުން، އެތެރެ ކުރުން މަނާ ކުރަމުން އެ ދަނީ، ނުރަައްކާތެރިކަން އިންތިހާއަށް ބޮޑުވެގެން،".

އޭނާ ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެއާ ގުޅުން ހުރި ކަންތައްތަަކަކީ ހަށިގަނޑަށް އޭގެ ތީރުހަރާ އެއްޗެހިތަކެއްކަން އެނގޭ ކަމަށެވެ. އެހެންވުމުން ދުންފަތުގެ އިސްތިއުމާލާއި، ފުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންތައްތަކާއި ދުރުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ރޭ ނ. މަަނަދޫގައި ބޭއްވި ޖަލްސާ

"އާއްމުކޮށް މިހާރު އަޅުގަނޑުމެންނަށް ފެނިގެން ދާނީ މި ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކަށް ނޫނީ މުޖުތަމައުގެ ތެރެއަށް އަޅުގަނޑުމެންނަށް ފެނިގެން ދާނީ ވަރަށް ބޮޑަށް ޝައުގުވެރި ކުރުވާ ކަހަލަ ގޮތަަކަށް ޕްރޮޑަކްޓްތައްވެސް ޕަބްލިކްއަަށް މި އަންނަނީ، އަނެއްކާ އަނގަޔަށް މީރުވާ ގޮތަށް މި އަންނަނީ،". އޭނާ ވިދާޅުވިއެވެ.

އަދި މިހާރު ބައެއް ކެފޭތަކުގައި މިފަަދަ ގުޑުގުޑާވެސް ބޭނުން ކުރާ ކަމަށާއި، އެކަމަކު އޭގެ ސަބަބުން ދިމާވާ މަައްސަލައަކީ ފުއްޕާމޭ ހަލާކުކޮށްލަނީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހަލީލް ވިދާޅުވީ، މި ނުބައި ވަބާއިން ދުރުވެއްޖެނަމަ ސިއްހަތަށް ފައިދާތައް ވާނެ ކަމަށެވެ.

ސިނގިރެޓް ބުއިމަށް އަހަރަކު 1.8 ބިލިއަން ރުފިޔާ މީހުން ހޭދަކުރާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ފައިސާއިން 50 އެނދުގެ 9 ހޮސްޕިޓަލް އެޅޭނެ ކަަމަށެވެ.

"އަދި އޭގެ އިތުރުން، އަޅުގަނޑުމެން އެބަ ހަރަދު ކުރަން ބަލިވީމަ ބޭސް ފަރުވާއަށް، އެހެންވީމަ ތަސައްވަރުކޮށްލައްވާ އަޅުގަނޑުމެެންގެ ޖީބުން މި ވަބާގެ ސަބަބުން ހޭދަ ކުރާ އަދަދު، ހަމައެކަނި ފައިސާއަށް ބެލިޔަސް، ތަސައްވަރު ނުކުރެވޭ ގެއްލުންތައް އަޅުގަނޑުމެންގެ މުޖުތަމައުގައި، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދަރިންްނަށް މިކަމުގެ ސަބަބުން ފޯރަމުން އެބަދޭ،".

އެހެންކަމުން ވިސްނައިދޭންވީ ވާހަަކައަކީ ސިނގިރެޓް ބުއިމަކީ ނުަވަތަ ޝީޝާ ބުއިމަކީ މިއީ އެއްގޮތަަކަށްވެސް ހިތްވަރުހުރި ކަމެއް ނޫން ކަން ކަމަށާއި، މިއީ އެއްގޮތަކަށްވެސް ގަޓް ކަމެއް ނޫން ކަން ކަމަށް އޭނާ ވިދާޅުވިއެވެ.

---

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy