ކަނޑުމަގުން ރާއްޖެއަށް ޑުރަގު އެތެރެކުރި 10 ބިދޭސީން -- ފޮޓޯ/ ޕޮލިސް
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރި ކުރި ކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރުކޮށްފި އެވެ.
އެ މީހުން ހައްޔަރު ކޮށްފައި ވަނީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 21 ވަނަ ދުވަހު ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް، ހަތް ކިލޯއަށްވުރެ، ގިނަ މަސްތުވާތަކެއްޗާއެކު އެވެ.
މި އޮޕަރޭޝަންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބައިވެރިވެފައިވެ އެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އިންޑޮނޭޝިއާގެ ރައްޔިތުން ކަމަށްވާ ނަސްވަން އާދިލް، 30، އާއި އެޑްރިއަންސަޔާ، 25 އާއި މުޙައްމަދު އިގުބާލް މަކްރޫމް، 30، ގެ އިތުރުން އިންޑިއާގެ ރައްޔިތުން ކަމަށްވާ ޕްރަބާކަރަން ނަގަރާޖަން، 35، އާއި ރޯމަންސް ސަންތިޔާ ފެނާންޑޯ، 58، ގަނޭޝް ބޮމްމާލީ، 22، އާއި ޑަތުކިލޭ ދަރްޝަން ވިޖޭ، 22، އާއި ޕީޓާ ވިނީ، 28، އާއި ސަރަން ޕަދްމަން، 28، އަދި ގޯސިކް ރާޖް ޖޭމްސް ނޮކްސް، 30، އެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 މީހަކު 5 ދުވަހަށް އަދި 5 މީހަކު އެއް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އެއް ދުވަހަށް ބަންދު ކުރުމަށް އަމުރު ކުރި މީހުންގެ ބަންދު އިތުރު ކުރުމަށް މިއަދު ހާޒިރު ކުރުމުން އެކަކަށް އިތުރު 3 ދުވަހަށް އަދި ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް ދީފައިވެ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް